logoEN
Sto top
ކުލި ނުދައްކާ މައްސަލައާއި ބޮޑުއަގުގައި ކުއްޔަށް ދޫކުރާ މައްސަލަ ގާނޫނުގައި ހިމަނައިގެންވިޔަސް ހައްލުކުރާނަން - މުއްތަލިބު

ކުލި ނުދައްކާ މައްސަލައާއި ބޮޑުއަގުގައި ކުއްޔަށް ދޫކުރާ މައްސަލަ ގާނޫނުގައި ހިމަނައިގެންވިޔަސް ހައްލުކުރާނަން - މުއްތަލިބު

އަހުމަދު ޝުރާއު

logo

10/12/2025, 3:33:49 PM

# ހައުސިންގ މިނިސްޓްރީ

-

ސަރުކާރުން ކުރިޔަށްގެންދާ ހައުސިންގ މަޝްރޫއުތަކުގެ ތެރެއިން ދޫކުރާ ޔުނިޓުތަކަށް ގަވާއިދުން ކުލި ނުދައްކާ މައްސަލައާއި އެތަންތަން ބޮޑުއަގުގައި ކުއްޔަށް ދޫކުރާ މައްސަލައަށް ގާނޫނަށް ބަދަލުތައް ގެނެސްގެން ނަމަވެސް މި ސަރުކާރުން ހައްލުކުރައްވާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

Wamco

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަބަދުވެސް ހިންގަނީ ބޮޑެތި ލޯނުތައް ނަގައިގެންކަމަށާއި، އެފަދަ ލޯނުތައް ނަގަނީ، އެ ފްލެޓްތަކުން ކުލި ލިބޭނެކަމަށް ބަލައިގެން ނަމަވެސް މިފަދަ މަޝްރޫޢުތަކުން ދޫކުރާ ފްލެޓްތަކަށް ޤަވާއިދުން ކުލި ދައްކަމުން ނުދާކަމަށްެވެ. އެގޮތުން އެތަންތަނުން ކުލި ނުލިބުމުގެ ސަބަބުން ދައުލަތަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އިތުރު ލޯނު ލިބުމުގެ ފުރުޞަތު ބަންދުވެގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިއާއިއެކު އެތައް ރައްޔިތުންތަކެއްގެ ހައްގު އުނިވެގެންދާ ކަމަށެވެ.

" ހަޤީޤަތުގައި ކުލި ނުދެއްކުމަކީ ހަމައެކަނި ސަރުކާރުން ހިންގާފައި އޮތް މަޝްރޫޢަކާ ގުޅިގެން ނޫނީ ސަރުކާރުން ހިންގާފައިވާ ޕޮލިސީއަކާ ގުޅިގެން ސަރުކާރަށް އޭގެ ނަފްރަތު ބޭލުމަށްޓަކާ ކޮށްގެން ހަމައެކަނި ފަރުޖެއްސޭ ކަހަލަ ކަމެއްނޫން. މި ދެންނެވި އެތައް ރައްޔިތުންގެ ހައްޤުތައް އޭގައި ހިމެނިފައިއޮތްކަމެކޭ އެއީ " މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކަކީވެސް އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ތަރައްޤީކޮށް ދޫކޮށްފައިވާ ފްލެޓްތަކެއްކަމުގައި ވީނަމަވެސް އެތަންތަންވެސް ލޭބަރ ކުއަރޓަރސްތަކުގެގޮތުގައި ދޫކުރުންފަދަ ކަންކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ބޮޑު އަގުގައި އެތައްތަން ކުއްޔަށް ދީގެން އާމްދަނީ ހޯދަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ޔުނިޓުތަކަކީ 20 ހާހުން 25 ހާހުން ކުއްޔަށް ދީގެން އާމްދަނީ ހޯދަން ދީފައިވާ ތަންތަން ނޫން ކަމަށާއި މިކަން ސަރުކާރުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

އެގޮތުން ސޯޝަލް ހައުސިންގ ސްކީމުތަކުގެ ތެރެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ޤަވާއިދުން ކުލި ނުދައްކާ މައްސަލައާއި، އެތަންތަން ބޮޑުއަގުގައި ކުއްޔަށްދޫކުރާ މައްސަލަ ހައްލުކުރުމަށްޓަކާ ޤާނޫނުގައި ހިމަނައިގެން ނަމަވެސް މި ސަރުކާރުން އެކަން ހައްލުކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިފަދަ ތަންތަން ކުއްޔަށްދޫކުރާ ފަރާތްތަކަކީ ކޮބައިކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެން މިނިސްޓްރީން ބަލަމުންދާނެކަމަށާއި މިކަމުގައި ޤާނޫނީގޮތުން ހުރި ކަންކަންވެސް ބަލަމުންދާކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC