
ތިމަރަފުށީ ހައުސިންގ ޔުނިޓްތަކުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކާއިއެކު ސޮއިކުރަން ފަށައިފި
# ތ.ތިމަރަފުށި-
ތ ތިމަރަފުށީ ހައުސިންގ ޔުނިޓްތަކުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކާއިއެކު ސޮއިކުރަން ފަށައިފި އެވެ.

ހައުސިންގް މިނިސްޓްރީން ބުނީ ތ. ތިމަރަފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު ފަށާފައިވާ ކަމަށެވެ.އެގޮތުން އެބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ އެނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގައި އެވެ.
އެސް.ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ތިމަރަފުށީގައި 100 ރޯހައުސް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2020 ވަނަ އަހަރުއެވެ. މި މަޝްރޫޢަކީ އެރަށުގެ އާބާދީ އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް ފެއްޓެވި މަޝްރޫޢެކެވެ.
2500 މީހުންގެ އާބާދީއެއް އޮންނަ ތިމަރަފުށީގައި ސަރުކާރުން ކުރިއަށްގެންދިޔަ ހައުސިންގ މަޝްރޫޢުގެ ދަށުން އިމާރާތްކުރި ހައުސިންގ ޔުނިޓްތަކުގައި ހިމެނެނީ 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. އެއީ 1400 އަކަފޫޓުގެ ބިމުގައި ތަރައްޤީކުރާ، 1000 އަކަފޫޓުގެ ގެތަކެކެވެ. 3 ކޮޓަރިއާއެކު 3 ފާހަނައާއި އަދި ސިިޓީންގްރޫމަކާއި ލޯންޑްރީ އޭރިއާއެއް ހިމެނެއެވެ.
ހައުސިންގ ޕްރޮޖެކްޓް ނިމިފައިވާއިރު، އެ ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 300 އަށްވުރެ ގިނަ މީހުން ވަނީ ފޯމު ހުށަހަޅާފައެވެ.
މި ޕްރޮޖެކްޓަކީ ސަރުކާރުން 79 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.






