logoEN
Sto top
 މަންދޫ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

މަންދޫ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

10/8/2025, 10:03:15 AM

# އދ. މަންދޫ

-

އދ. މަންދޫ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

Wamco

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ ރައީސް ޑރ މުހައްމަދު މުއިއްޒު އދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ފަހު މަންޒިލަކަށް މިއަދު މަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެވެ.

މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިސްމާއީލް ޝަފީޢު އެވެ.

މި މަޝްރޫޢުގެ ދަށުން، 3 ފަންގިފިލާގެ އިމާރާތެއްގައި 6 ކްލާސް ރޫމާއި މަލްޓި ޕާރޕަސް ހޯލެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

މި މަޝްރޫޢަކީ 16.95 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC