
-
އދ. މަންދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އދ ގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދަތުރުފުޅުގެ ފަހު މަންޒިލަކަށް މިއަދު ހެނދުނު މަންދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްުޔާތެއްގައި އެވެ.
މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއ،ި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއ،ި މަންދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން 16 އެނދުގެ އިމާރާތެއް ބިނާ ކުރުމަށް ވަނީ ހަމަޖެހިފައި އެވެ. މީގެ އިތުރުން ޓްރައިއޭޖް ސަރަޙައްދަކާއި ބަލި މީހުން އެކަހެރިކުރާ ކޮޓަރިއަކާއި އަންހެނުންގެ ވޯރޑަކާއ،ި ކުޑަކުދިންގެ ވޯރޑަކާއި ވިއްސާ ކޮޓަރިއަކާއި ޕްރައިވެޓް ކޮޓަރި އަދި ފަރުވާދޭ ކޮޓަރިތައް ބިނާ ކުރެވެނޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މިއީ 28.61 މިލިއަން ރުފިޔާއަށް 390 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ގުޅުންހުރި

މަންދޫ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް މަންދޫ ސްކޫލުގެ އައު އިމާރާތް ބޭނުންކުރަން ފެށުން - ރައީސް

މަންދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި





