
މާފަރު ފަޅު ހިއްކައި، އަރބަން ސެންޓަރު ތަރައްޤީކުރަން އެމްއޭސީއެލްއާއި ހަވާލުކޮށް އަމަލީ މަސައްކަތް ފަށައިފި
# އެމްއޭސީއެލް-
އދ މަހިބަދޫގެ އިހްތިސޯސުގައި ހިމެނޭ މާފަރު ފަޅު ހިއްކައި، އަރބަން ސެންޓަރު ތަރައްޤީކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމެޓެޑް، އެމްއޭސީއެލްއާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކޮށްފައިވަނި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މާފަރު ފަޅަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
އެގޮތުން މި މަޝްރޫއުގެ އެމްއޭސީއެލްއާއި ހަވާލުކުރުމަށް ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު މޫސާ ޒަމީރުއެވެ. އަދި އެމްއޭސީއެލްއިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފަށާފައި އެވެ. އެގޮތުން ރައީސް މުއިއްޒު ޝަރަފަުވެރިކޮށްދެއްވި ޚާއްސަ ރަސްމިއްޔާތުގައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އެވެ.
މާފަރު ފަޅަކީ މަހިބަދޫއާއި އޮމަދޫއާ ދެމެދު އޮންނަ ބޮޑު ފަޅެކެވެ. މާފަރު ފަޅު މަހިބަދޫގެ އިޙްތިޞާސްގެ ތެރޭގައި ހިމަނާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަހިބަދޫ ކައުންސިލާ ބައްދަލުކުރައްވާ ވަނީ މާފަރު ފަޅުގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމުގައި ރައްޔިތުންގެ ޚިޔާލު ހިމެނުމަށް އެދިވަޑައިގެންފައެވެ. މާފަރު ފަޅު ހިއްކާ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާއިރު ސަރުކަރުން ވަނީ ރާއްޖޭގެ 7 ސަރަޙައްދެއް އާރބަން ސެންޓަރތަކުގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައެވެ.
ގުޅުންހުރި

ބިން ހިއްކުމުގެ މަޝްރޫއުތަކަށް އެމްއޭސީއެލުން ބޭރުގެ ބޮޑެތި ޑްރެޖަރުތަކެއް ގެންނަނީ. މިއަހަރު ތެރޭ ބޮޑު ތިން ޑްރެޖަރު އަންނާނެ!

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސްތައް މާދަމާ އާ ޓާމިނަލަށް ބަދަލުކުރަނީ
