logoEN
Sto top
މާމިގިލީގައި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް އިމާރާތްކުރުން އާރްޑީސީއާއި ހަވާލުކޮށްފި

މާމިގިލީގައި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް އިމާރާތްކުރުން އާރްޑީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

10/7/2025, 6:36:30 AM

# އދ.މާމިގިލި

-

އދ. މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްފިއެވެ.މި މަސައްކަތް ކުރުމަށް އެކުންފުންޏަ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައެވެ.

Wamco

މި މަޝްރޫޢުގެ އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމެވެ.އައިއޔޫއެމްއިން ބުނީ އދ. މާމިގިލީގައި ތަރައްޤީކުރާ އައިޔޫއެމް ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއަކާއި 5 ކްލާސްރޫމާއި މަލްޓިޕަރޕަސް ސެމިނަރ ހޯލެއް ހިމެނޭނެ ކަމަށާއި މި ކެމްޕަހުގައި މުވައްޒަފުންގެ އަކޮމަޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ދަނާލަކާއި ރެކްރިއޭޝަން ފެސިލިޓީއެއްގެ އިތުރުން ކެންޓީނެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.މިއީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމުގެ ކެމްޕަސް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަޞައްވުރު ހަގީގަތަކަށް ހެދުމަށް ފެށޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އައިޔޫއެމްއިން ސިފަކުރެއެވެ.މި ކެމްޕަސް ގާއިމުކުރުމަށް 22000 އަކަފޫޓުގެ ބިމެއް މާމިގިލީ ކައުންސިލުން ވަނީ އައި.ޔޫ.އެމްއަށް ކަނޑައަޅުއްވާ ދެއްވާފައެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC