logoEN
Sto top
 ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

10/6/2025, 8:05:56 AM

# އެމްޓީސީސީ

-

އދ. ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ޙަވާލުކޮށްފިއެވެ.

Wamco

ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު އދ ގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ރަށަކަށް ދަނގެއްޗަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

އެގޮތުން މި މަޝްރޫޢުގެ އެއްބަސްވުމުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުالله މުއްޠަލިބް އެވެ.

މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން، 27.32 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 576 މީޓަރުގެ ވަގުތީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 718 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ލޯކްރެސްޓް ބޭރުތޮއްޓެއް ލުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

އަދި މި މަޝްރޫޢުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 66,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި 492 މީޓަރުގެ ސަރަހަ އްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 385 މީޓަރުގެ ސަރަހަ އްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫޢަކީ 279.92 މިލިއަން ރުފިޔާއަށް 570 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC