
-
ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ރަސްދޫއަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި އެވެ.

އެކުންފުނީން މިއަދު ބުނީ ޕީކް ސީޒަނަށް ތައްޔާރުވެ، ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ކަށަވަރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، އއ. ރަސްދޫއަށް އިތުރު ޖަނަރޭޓަރެއް މިހާރު ގެންދެވިފައިވާ ކަމަށެވެ.
އެގޮތުން ރަސްދޫގައި ކަރަންަޓުގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯއިން އެރަށަށް އަލަށް ފޮނުވާފައިވަނީ 472 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ.
އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ދަނީ ހުއްޓުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވެރިރަށް މާލެ ސިޓީގެ އިތުރުންވެސް އެކުންފުނީން ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ރަށްތަކަށް ހުއްޓުމެއްނެތި ކަރަންޓުގެ ހިދުމަތް ދިނުމަށް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތައް ކުރެވެމުންދާއިރު އެމަސައްކަތުގެ ތެރެއިން އިތުރު ޖަނަރޭޓަރުތައް ފޮނުވުމުގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ޖަނަރޭޓަރުތައްވެސް މަރާމާތު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
އަދި މާލެ ސަރަހަެއްދުގައިވެސް ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ކޮންމެ ދުވަހަކުވެސް ނެޓްވޯކް އަޕްގްރޭޑިންގ ގެ މަސައްކަތްތައް ދަނީ އެކުންފުނީން ކުރަމުންނެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
ސިލޯނާއިއެކު ދިވެހީން: ސްޓެލްކޯއިން 250،000 ރުފިޔާ ހަދިޔާކޮށްފި

ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި ހާދިސާ: އަނިޔާ ލިބުނު މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް!

ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި ހާދިސާ: އަނިޔާ ލިބުނު މުވައްޒަފު އިތުރުފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފި





