logoEN
PNC TOP 3
އިނގުރައިދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިނގުރައިދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

10/4/2025, 6:56:34 AM

# ރ އިނގުރައިދޫ

-

މަސްތުވާތަކެއްޗާއެކު ރ. އިނގުރައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

PNC MID 2

މި މަހު 2 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ ރ. އިނގުރައިދޫ ޕޮލިހާއި ރަސްމާދޫ ޕޮލިސް ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ފެހިއާލާ / މާލެ. ޙުސައިން ޙަބީބު (47އ) އެވެ. މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރުކުރާކަމުގެ ތުހުމަތުގައި މީނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޙުސައިން ޙަބީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC