logoEN
Sto top
އިނގުރައިދޫގައި ފޮސްޓަރިންނާ ގުޅޭ މަޢުލޫމާތު ސެޝަނެއް ބާއްވައިފި

އިނގުރައިދޫގައި ފޮސްޓަރިންނާ ގުޅޭ މަޢުލޫމާތު ސެޝަނެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

12/19/2024, 7:25:21 AM

# ރ އިނގުރައިދޫ

--

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޮސްޓަރ ކުރުމުގެ ފުރުސަތުތަކާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވާ، ފޮސްޓަރ ކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރ. އިނގުރައިދޫގައި މިކަމާ ގުޅޭ މައުލޫމާތު ސެޝަނެއް ކުރިޔަށް ގެންގޮސްފި އެވެ.

Wamco

ކޮންމެ ކުއްޖަކީ ވެސް އާއިލީ ވެއްޓެއްގެ ހިމާޔަތާއި ރައްކާތެރިކަން ލިބިގެން ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ވަރަށް ބޮޑު ތަޞައްވުރެކެވެ.

މިގޮތުން އިނގުރައިދޫގައި ކުރިޔަށް ގެންދިޔަ ސެޝަންގެ ތެރެއިން ފޮސްޓަރ ކުރަން ބޭނުންވާ ބެލެނިވެރިންގެ ޝަރުތުތަކާއި، ފޮސްޓަރ ކުރަން އަމަލުކުރަން ޖެހޭނެ ގޮތްތަކާއި، އަދި ކުދިން ގެންގުޅުމުގައި އެހީތެރިކަން ފޯރުކޮށްދީ މޮނިޓަރ ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކުރެވިފައެވެ.

ފޮސްޓަރިންގެ އިތުރުން ވެސް ދައުލަތުގެ ތިބޭ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ކުދިންގެ ޢާއިލާތަކާއެކު ގާތުން މަސައްކަތްކޮށް، އާއިލާތަކުގެ ޙާލަތު ރަނގަޅުކޮށް، އުފަން އާއިލާތަކަށް ކުދިން ރީ-އިންޓަގްރޭޓް ކުރުމުގެ މަސައްކަތްތަކަކީ ވެސް ވުޒާރާއިން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC