logoEN
Sto top
2022 ވަނަ އަހަރު މަހާޖައްރާފު މަރާމާތުކުރުމުގެ ކޮރަޕްޝަން ހިންގާފައިވާތީ މައްސަލަ އޭސީސީއަށް!

2022 ވަނަ އަހަރު މަހާޖައްރާފު މަރާމާތުކުރުމުގެ ކޮރަޕްޝަން ހިންގާފައިވާތީ މައްސަލަ އޭސީސީއަށް!

އަހުމަދު ޝުރާއު

logo

10/3/2025, 3:19:53 AM

# އެމްޓީސީސީ

-

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެމްޓީސީސީގެ އެންމެ ބޮޑު ކޮންނަބޯޓު، މަހާޖައްރާފު މަރާމާތު ކުރުމުގެ މުއާމަލާތުގައި ކޮރަޕްޝަން ހިންގާފައިވާކަން އެނގިފައިވާކަމަށް އެމްޓީސީސީން ބުނެފި އެވެ.

Wamco

އެމްޓީސީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ބިން ހިއްކުމަށް ގެންގުޅޭ އެންމެ ބޮޑު ކޮންނަބޯޓު ކަމުގައިވާ މަހާޖައްރާފަށް ލިބުނު ގެއްލުންތަކެއް މަރާމާތުކުރުމަށްޓަކައި 2022 ވަނަ އަހަރު ދުބާއި ޑޮކްޔާޑުން ޚިދުމަތް ހޯދިއިރު މަރާމާތުކުރުމަށް އެކަށީގެންވާ އަގަށްވުރެ އެތައް ގުނައެއް އިތުރަށް ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ޚަރަދުކޮށްފައިވާކަން ކުންފުނީގެ އިންޓަރނަލް އޮޑިޓަށާއި ޑިރެކްޓަރުންގެ ބޯޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، މިއީ ސީރިއަސް މައްސަލައެއް ގޮތުގައި ބަލައި ކުންފުނީގެ ޤަވައިދުތަކާއި އުޞޫލާތަކާއި ހިލާފަށ،ް ކަރަޕްޝަންއަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަންކަން ތަހުގީގުކޮށްދެއްވުން އެދި އެންޓި ކޮރަޕްޝަން ކޮމިޝަންގައި ރަސްމީކޮށް އެދިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައި އެވެ.

އެމްޓީސީސީން މިފަދައިން ހާމަކުރި އިރު މިމަހުގެ 1 ވަނަ ދުވަހުވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލުމާއި ގުޅޭގޮތުން ބަޔާނެއް ނެރެފައިވެއެވެ. އެގޮތުން އެބަޔާނުގައި ބުނީ އެމްޓީސީސީއަކީ ޙިއްސާދާރުންގެ ކުންފުންޏަކަށް ވެފައި ވޭތުވެދިޔަ އަހަރުތަކުގެ އޯޑިޓް ރިޕޯޓުތަކުގައި އެ ކުންފުނީގެ ޙިއްސާދާރުންގެ ފައިސާއަށް އިޙްމާލުވެފައިވާކަމަށް ފެންނާތީ އެކަން ގަވާއިދުން ތަޙުޤީޤުކޮށްދެއްވާ އިޙްމާލުވި ފަރާތްތަކުން މި ފައިސާ ޙިއްސާދާރުންނަށް ހޯއްދަވައިދެއްވުމަށް އެދިފައިވާނެ ކަމަށެވެ. އެގޮތުން މިކަން ތަޙުޤީޤުކޮށް ޝަރީޢަތުގެ ކުރިމައްޗަށް ގެންނަން ޖެހޭ މީހުން ގެނައުމަށްޓަކައި ކުންފުނީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC