logoEN
Sto top
އެމްއެފްޑީއޭ އިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަން ނިންމާލައިފި

އެމްއެފްޑީއޭ އިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަން ނިންމާލައިފި

އަހުމަދު ޝުރާއު

logo

10/2/2025, 3:52:32 PM

# އެމްއެފްޑީއޭ

-

މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު) ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ މަޢުލޫމާތު އެއްކުރުމަށް 21 ސެޕްޓެންބަރުން 01 އޮކްޓޯބަރު 2025 އަށް ކުރިއަށް ގެންދިޔަ ޚާއްސަ އިންސްޕެކްޝަން ނިންމާލައިފިއެވެ.

Wamco

މި އިންސްޕެކްޝަންގައި ކާބޯތަކެތީގެ ޚިދުމަތްދޭ ޖުމްލަ 1010 ތަނެއްވަނީ ބަލާފާސް ކުރެވިފައެވެ. މީގެ ތެރޭގައި އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނާއި ހުއްދައިގެ މުއްދަތު ހަމަވެ ހުއްދަ އައުނުކޮށް ހިންގަމުންދާ ތަންތަނުގެ އިތުރުން މިއޮތޯރިޓީގައި ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ ތަންތަންވެސް ހިމެނެއެވެ.

އެ އޮތޯރިޓީގައި ރަޖިސްޓްރީނުކޮށް ގަވައިދާ ޚިލާފަށް ހިންގަމުން ގެންދާތީއާއި ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު ހުއްދަ އައުނުކޮށް ހިންގަމުން ގެންދާތީ 70 ތަނެއް މިއިންސްޕެކްޝަންގައި ވަނީ ބަންދުކުރެވިފައެވެ. މީގެ ތެރެއިން ހުއްދައައުކުރުމަށާއި ރަޖިސްޓްރީ ކުރުމަށް ފޯމު ހުށައަޅާފައިވާތީ، 27 ތަނަކަށް ހުއްދަ ދޫކުރެވިފައިވެއެވެ.

މި މަސައްކަތް ކުރިއަށް ގެންދިޔައީ މި އޮތޯރިޓީއާއި މާލޭ ސިޓީ ކައުންސިލްގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ގުޅިގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC