logoEN
Sto top
ޕްރައޮރިޓީ ޕާސް އާއެކު އުރީދޫ ކްލަބް ޕްރިމިއަރ މެމްބަރުންނަށް 1300 އަށްވުރެ ގިނަ އެއާޕޯޓް ލައުންޖް މިހާރު ބޭނުންކުރެވޭނެ!

ޕްރައޮރިޓީ ޕާސް އާއެކު އުރީދޫ ކްލަބް ޕްރިމިއަރ މެމްބަރުންނަށް 1300 އަށްވުރެ ގިނަ އެއާޕޯޓް ލައުންޖް މިހާރު ބޭނުންކުރެވޭނެ!

އަހުމަދު ޝުރާއު

logo

9/30/2025, 4:24:45 PM

# އުރީދޫ މޯލްޑިވްސް

-

އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއަރ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް ހިލޭ ޕްރިއޯރިޓީ ޕާސް މެމްބަޝިޕްގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1300 އަށް ވުރެ ގިނަ އެއަރޕޯޓް ލައުންޖްތަކަށް ވަނުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެކުންފުނީން ބުނެއެވެ.

Wamco

އުރީދޫން ބުނީ މިއީ އެނެޓްވޯމުގެ ކަސްޓަމަރުންނަށް ދަތުރުތަކުގައި ލުއިފަސޭހަ އަދި ލަގްޒަރީ ގޮތްތަކެއް ފަހިކޮށްދީ، ލޯޔަލްޓީގެ އަގު ވަޒަން ކުރުމުގެ ގޮތުން ފޯރުކޮށްދޭ ޚިދުމަތެއް ކަމަށެވެ.

މިގޮތުން ކްލަބް ޕްރިމިއަރ ގޯލްޑް ނުވަތަ ޕްލެޓިނަމް މެމްބަރެއްގެ ގޮތުގައި ތިން މަސް ދުވަސް ދެމިހުންނަ ފަރާތްތަކަށް ޕްރިއޯރިޓީ ޕާސް ނެގޭނެ ކަމަށް އުރީދޫން ވަނީ ބުނެފައި އެވެ. މި ޕްރިއޯރިޓީ ޕާސް އެކްޓިވޭޓް ކުރުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ލައުންޖުތަކަށް ވަދެވޭނެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލައުންޖް އެކްސެސް ކުރުމުގެ އިތުރުން، ކްލަބް ޕްރިމިއަރ މެމްބަރުންނަށް ރާއްޖޭގެ އެކި ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ގިނަ ތަންތަނުން ލިބޭ ހާއްސަ ޑީލްތަކުން ވެސް ފައިދާ ލިބި، ކަސްޓަމަރުންނަށް ހާއްސަ އަގުތަކެއް ލިބިގެންދާނެ އެވެ.

ގޯލްޑް އަދި ޕްލެޓިނަމް ކްލަބް ޕްރިމިއަރ މެންބަރުންނަށް ޕްރިއޯރިޓީ ޕާސް ލިބުމަކީ ކަސްޓަމަރުންނަށް ލިބެމުންދާ ބެނެފިޓްސް އާއީ ފައިދާތައް އިތުރަށް ފުރިހަމަވެގެންދާ ކަމެއް ކަމަށް އުރީދޫން ބުނެއެވެ.

ޕްރިއޯރިޓީ ޕާސް އެކްޓިވޭޓް ކުރުމަށް ސޯޝަލް މީޑިއާ ނުވަތަ ލައިވް ޗެޓް މެދުވެރިކޮށް އުރީދޫ ކަސްޓަމަރ ސާވިސް އަށް މެސެޖުކޮށްލެވޭނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC