
ސްޓެލްކޯއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވި 3 ބޭފުޅަކު ޝަރަފްވެރިކަމާއައެކު ޚިދުމަތުން ރިޓަޔަރކުރައްވައިފި
# ސްޓެލްކޯ-
ސްޓެލްކޯއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވި 3 ބޭފުޅަކު ޝަރަފްވެރިކަމާއައެކު ޚިދުމަތުން ރިޓަޔަރކުރައްވައިފި އެވެ.

މިއަދު ސްޓެލްކޯގެ މައި އޮފީހުގެ މިކަމަށް ޚާއްސަ ހަފްލާއެއް ވަނީ ބާއްވާފައި އެވެ. ސްޓެލްކޯއިން ބުނީ އެ ހަފްލާއަކީ ގިނަ ދުވަސްތަކެއް ވަންދެން އިޚުލާސްތެރިކަމާއިއެކު ސްޓެލްކޯއަށް ޚިދުމަތްކޮށްދެއްވި ބައެއް ބޭފުޅުން ޝަރަފްވެރިކަމާއައެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން އެ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވުނު ހަފްލާއެއް ކަމަށެވެ.
އެގޮތުން މިއަދު ޝަރަފުވެރިކަމާއިއެކު ހިދުމަތުން ރިޓަޔާކުރެއްވީ ސީނިއަރ ސަރވިސް އިންޖިނިއަރ އަޙުމަދު މަނިކު (ސުތުލި) އާއި ސީނިއަރ ސަރވިސް އިންޖިނިއަރ އިބްރާހިމް ރަޝީދު (އަންދަރޭޭ) ގެ އިތުރުން ސީނިއަރ ސަރވިސް ސުޕަރވައިޒަރ ޙަސަން ޙަލީމް އެވެ.
މިބޭފުޅުން ތެރެއިން އަޙުމަދު މަނިކު (ސުތުލި) ވަނީ ސްޓެލްކޯއަށް 42 އަހަރު ދުވަހު ހިދުމަތް ކުރައްވާފައި އެވެ. އަދި އިބްރާހިމް ރަޝީދު (އަންދަރޭ) 34 އަހަރު ދުވަހު ހިދުމަތްކުރެއްވި އިރު ޙަސަން ޙަލީމް ވަނީ 7 އަހަރު ދުވަހު އެކުންފުންޏަށް ހިދުމަތް ކޮށްދެއްވާފައި އެވެ.
މި ފަރާތްތަކުގެ އަގު ވަޒަންކޮށް ސްޓެލްކޯގެ ފަރާތުން ވަނީ ޚާއްސަ ހަނދާނި ފިލާއެއް އަރުވާފައި އެވެ. މި ހަނދާނީ ފިލާތައް އެފަރާތްތަކާއި ހަވާލުކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަަރު އަޙްމަދު ޝަމާޙް ރަޝީދު އެވެ.
ގުޅުންހުރި

ފޭސް ދޭކުން އިއްޔެ ކަރަންޓު ކެނޑުނީ މައި ހަތަރު ކޭބަލްގެ ތެރެއިން ކޭބަލަކަށް ގެއްލުންވެގެން، ބެލެވެނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް!

އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ސްޓެލްކޯއާއިއެކު މަޝްވަރާކޮށްފި

ހަންޏާމީދޫގައި ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން އެރަށަށް!




