%20(1).webp&w=3840&q=75)
-
ހުޅުމާލެ ފިހާރައަކަށް ވަދެ ނޭޕާލް އަންހެނަކަށް ވަޅިން ހަމަލާދީ ފޭރުނު މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމުގެ މިއަދު މްނދުރު 12:45 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ. އެގޮތުން މި މާރާމާރީގައި އަނިޔާވެފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލްގެ 21 އަހަރުގެ އަންހެނަކަށް ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައި އެވެ.
މި މައްސަލައާއި ގުޅިގެން މިރޭ މީޑީއާތަކަށް ފުލުހުންގެ މީޑިއާ އޮފީޝަލް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝަން ރައްޔިތެއްކަމަށްވާ އުމުރުން 25 އަހަރުގެ ޖަހަންގިރު މިއާ މިއަދު ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ކެމެރާ ފުޓޭޖް ބަލައިގެންނާއި އަދި އެހެނިހެން ގޮތްގޮތުން ތަހުގީގު ތެރެއިން ކުރެވުނު މަސައްކަތުން މީހާ ދެނެގަނެ ލޮކޯޓު ކޮށްގެން ކަމަށާއި އޭނާ ހައްޔަރުކުރީ ހުޅުމާލެ ފެސް 2 އިން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަން ހާމަކޮށްފައެވެ.







