
-
ތ ގާދިއްފުށީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިހާރު ރައީސް ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ފަހު ގާދިއްފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
ސަރުކާރުން ގާދިއްފުށީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރީ ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން، ވެމްކޯއާއިއެވެ.
ވެމްކޯ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ގެ ފަރާތުން ބިންގާ އަޅުއްވާ ދެއްވީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ. އަދި އަރިހުގައި އެދާއިރާގެ މަޖިލިސް މެމްބަރާއި ރަށު ކައުންސިލުގެ ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.
ގާދިއްުފުށީ ސިއްހީ މަރުކަޒުގެ މަސައްކަތް ވެމްކޯއާއި ހަވާލުކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. މި މަޝްރޫއު އަކީ 12.8 މިލިއަން ރުފިޔާ އަށް 325 ދުވަސްތެރޭގައި ނިންމުމަށް ހަވާލޮށްފައިވާ މަޝްރޫއެކެވެ.
ގުޅުންހުރި

ގާދިއްފުށި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ގާދިއްފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި




