logoEN
WAMCO TOP 1
ގާދީއްފުށި ފިޓްނެސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

ގާދީއްފުށި ފިޓްނެސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

9/26/2025, 11:50:42 AM

# ތ ގާދިއްފުށި

-

ތ ގާދީއްފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

THE TRAVELLER AD

ގާދިއްފުށީ އެފްއާރުސީ އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު އަބްދުالله ރާފިއު އެވެ. އަރިހުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރާއި އެރަށުގެ ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްވަނީ އެމްޓީސީސީއާއިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

މިގޮތުން ރަށް ރަށުގައި ޤާއިމްކުރާ އެފްއާރުސީތަކުގައި އެރޮބިކްސް ކުލާސްތަކާއި ބޯޑް ގޭމްސް ކުޅެވޭނެ އިންތިޒާމް ހަމަޖެހޭނެއެވެ. އަދި މީޓިން ރޫމާއި ކުލާސްރޫމް އަދި އޮފީސް ބައެއްވެސް އެފްއާރުސީތަކުގައި ހިމެނޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC