%20(1).webp&w=3840&q=75)
މަސްތުވާތަކެތީގެ މައްސަލައެއްގައި ގާދިއްފުށިން މީހަކު ހައްޔަރުކޮށްފި
# ތ ގާދިއްފުށި# ދިވެހި ފުލުހުންގެ ޙިދުމަތް--
ތ. ގާދިއްފުށިގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ނޮވެމްބަރު 13 ވަނަ ދުވަހުގެ ރޭ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަމްބަރު ދރ 1344، ޙުސައިން ސަޙާފް (20އ) ކަމަށެވެ.
ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި ގާދިއްފުށި ޕޮލިސް ޕޯސްޓު އަދި އިންޓެލިޖެންސް ގުޅިގެން ކޯޓު އަމުރުގެ ދަށުން ހިންގި މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ގާދިއްފުށީގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 32 ކަރުދާސްކޮޅު އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވެއެވެ. އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅު އެގޭ ގޯތިތެރޭގައި ވަޅުލާފައި ހުއްޓައި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުންހުރި

ގާދިއްފުށީ ބިން ހިއްކުން އެމްއޭސީއެލުން ނިންމާލީ އެންމެ 8 ދުވަހުން!

ފުލުހުން ތަމްރީނުކުރުމުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ފުލުހުންގެ ތަޖުރިބާ މުހިންމު: ސީޕީ

ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރި ވަހީދުގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް!




