logoEN
Sto top
އިފްރާހުގެ ކަށުނަމާދު ހުކުރުނަމާދަށްފަހު އިސްލާމީ މަރުކަޒުގައި!

އިފްރާހުގެ ކަށުނަމާދު ހުކުރުނަމާދަށްފަހު އިސްލާމީ މަރުކަޒުގައި!

އަހުމަދު ޝުރާއު

logo

9/26/2025, 5:49:56 AM

# ޤައުމީ ފުޓްބޯޅަ ޓީމު

-

ސްޓްރޯކެއް ޖެހި ފަރުވާދެމުން ދަނިކޮށް ރޭ ނިޔާވި ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކީޕަރު އިބްރާހީމް އިފްރާހު އަރީފް (އިފުރާ) ގެ ޖަނާޒާގެ ކަންކަން މިއަދުގެ ހުކުރު ނަމާދަށްފަހު ކުރިޔަށް ގެންދިޔުމަށް ނިންމައިފި އެވެ.

Wamco

އިފުރާގެ ކަށުނަމާދޫ ބޭއްވުމަށް ނިންމާފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އެވެ. އަދި ވަޅުލުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާފަންނު އާސަހަރާގައި އެވެ.

އިފުރާ ނިޔާވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައި އެވެ. އިފުރާއަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭގައި ފަރުވާދޭން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެގޮތުން އިފްރާހު ނިޔާވީ ހެމޮރެޖިކް ސްޓްރޯކެއް ޖެހުމުގެ ސަބަބުން ސިކުޑިއަށް ލޭއެޅުމާއި ގުޅިގެން ސާޖަރީއެއްވެސް ކުރުމަށްފަހު އޭޑީކޭގައި އައިސޫޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

އިފްރާހުއަކީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގައި ބަދަލު ކީޕަރެއްގެ ގޮތުގައި ހުރި ކުޅަދާނެ ކީޕަރެކެވެ. ވެލެންސިއާއިން ކެރިއަރު ފެށި އިފްރާހް ވަނީ ރާއްޖޭގެ ފުޓްބޯލައިގެ އެންމެ ވަރުގަދަ ކްލަބުތަކުގައި އޭނާގެ ހުނަރު ދައްކާލާފައި އެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓާއި ވިކްޓްރީ ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC