logoEN
WAMCO TOP 1
ދިޔަމިގިލީ މަޑިފުށީ-އުފުރިޔާ ކޯޒްވޭ ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

ދިޔަމިގިލީ މަޑިފުށީ-އުފުރިޔާ ކޯޒްވޭ ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

9/25/2025, 2:12:04 PM

# ދިޔަމިގިލި

-

ތ. ދިޔަމިގިލީ މަޑިފުށީ އުފުރިޔާ ކޯޒްވޭ ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ޙަވާލުކޮށްފިއެވެ.

THE TRAVELLER AD

ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ހަސަން ރަޝީދު އެވެ.

މި މަޝްރޫޢުގެ ދަށުން 1.30 ކިލޯ މީޓަރުގެ ކޯޒްވޭއެއް ހެދުމަށް ވަނި ނިންމާފައި އެވެ. މީގެ އިތުރުން 218,788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއ،ި 589 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި ކަލްވާރު ސެގްމެންޓްސް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ސްކޯޕުގައި ހިމެނެއެވެ.

މި މަޝްރޫޢަކީ 262.98 މިލިއަން ރުފިޔާއަށް 1151 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ކޮމެންޓް
ފަހުގެ
HDC