
-
ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ކުޑަގިރީގައި މިމަހު 22 އިން 25 އަށް ކުރިއަށްގެންދިޔަ ނެޝަނަލް ޕެޓްރޯލް ކޭމްޕުގެ ތެރެއިން، ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތުގައި ޖުމްލަ 500 ގަސް އިންދިފައިވާ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެއެވެ.
މި ގަސްއިންދުމުގެ ހަރަކާތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" އަށް ދިވެހި ސްކައުޓުންގެ ފަރާތުން ދެވުނު މުހިންމު އެއްބާރުލުމެއް ކަމަށް އެސޯސިއޭޝުން ވަނީ ބުނެައި އެވެ.
ކުޑަގިރީގައި ބޭއްވި މި ކޭމްޕުގައި، ރާއްޖޭގެ އެކި އަތޮޅުތަކުގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ސްކޫލްތަކުގެ ސްކައުޓުންނާއި ސްކައުޓް ލީޑަރުން ބައިވެރިވެ، ގަސް އިންދުމުގެ ޢަމަލީ މަސައްކަތުގައި ހަރަކާތްތެރިވެފައިވެއެވެ.
ސްކައުޓް އެސޯސިއޭޝަނުން އިތުރަށް ބުނީ، މުސްތަގުބަލުގައިވެސް މިފަދަ ތިމާވެއްޓާބެހޭ ހަރަކާތްތަކުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރަމުންދާނެ ކަމަށާއި މީގެ ސަބަބުން ޒުވާނުންގެ މެދުގައި ތިމާވެއްޓަށް ދޭ އަހަންމިއްޔަތު އިތުރުވެ، ދިރިއުޅުމުގެ ރަނގަޅު އާދަތައް އަށަގަތުމަށް ބާރުއަޅާނެ ކަމަށެވެ.
ގުޅުންހުރި

ރަތަފަންދޫގައި 5 މިލިއަން ގަސް މަޝްރޫޢުގެ ދަށުން ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފި

5 މިލިއަން ގަސް މަޝްރޫއު: ފުވަމުއްލަ ސިޓީ ކައުންސިލަށް ބައެއް ތަކެތި ހަދިޔާކޮށްފި

އިސްދޫގައި "5 މިލިއަން ގަސް" މަޝްރޫޢުގެ ދަށުން ގަސް އިންދުމުގެ ޙަރަކާތެއް ބާއްވައިފި
