logoEN
Sto top
5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ސްޓެލްކޯއިން މިހާތަނަށް 74،000 އަށްވުރެ ގިނަ ގަސް އިންދައިފި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ސްޓެލްކޯއިން މިހާތަނަށް 74،000 އަށްވުރެ ގިނަ ގަސް އިންދައިފި

އަހުމަދު ޝުރާއު

logo

10/23/2025, 7:13:24 AM

# 5 މިލިއަން ގަސް މަޝްރޫއު

-

ސަރުކާރުން ކުރިޔަށްގެންދާ ގައުމީ ކެމްޕެއިން، ފަސް އަހަރުން ފަސް މިލިއަން ގަސް' ޕްރޮގްރާމްގައި ބައިވެރިވުމަށް ސްޓެލްކޯއިން ކުރިޔަށްގެންދާ ހަރަކާތްތަކުން މިހާތަނަށް 74،000 އަށްވުރެ ގިނަ ގަސް އިންދައިފި އެވެ.

Wamco

"ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ޙަރަކާތް ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު އެވެ.

އެގޮުން 2025 އޮކްޓޫބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ޖުމްލަ 74،282 ގަސް ވަނީ އިންދާފައިކަމަށް އެކުންފުނީން މިއަދު ހާމަކޮށްފައި ވެއެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރުމަށް ކޮންމެ މަހަކުވެސް ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ވަނީ މީގެ ކުރީން ބުނެފައި އެވެ.

އެގޮތުން, އެކުންފުނިން މި ޕްރޮގްރާމް ފެށިފަހުން މަހަކު ގާތްގަނޑަކަށް 9200 އިންދުމަށް އެކުންފުނިން އަމާޒު ހިފާފައިވާ ކަމަށް ވަނީ ބުނެފައި އެވެ.

ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ 2023 ވަނަ އަހަރު ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC