logoEN
Sto top
ވަޓްސްއެޕް މަނާކުރަން ނިންމި ނިންމުން އީރާނުން އުވާލައިފި

ވަޓްސްއެޕް މަނާކުރަން ނިންމި ނިންމުން އީރާނުން އުވާލައިފި

# ވަޓްސްއެޕް

-

މެޓާ 'Meta' ކުންފުނިން ހިންގަމުން އަންނަ ވަޓްސްއެޕް މަނާކުރަން ނިންމި ނިންމުން އީރާނުން އުވާލައިފި އެވެ.

Wamco

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި, އެގަމުގައި އިންޓަނެޓް ބޭނުންކުރުމަށް އޮތް ހުރަސްތައް ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާރު މެސެޖިންގ އެޕް 'ވަޓްސްއެޕް' މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އީރާނުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

އީރާނުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ މިނިސްޓަރު ސައްތާރު ހާޝިމީ ވިދާޅުވީ މިއީ އިންޓަނެޓްގެ ހުރަސްތައް ނައްތާލުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

މިހާރުވެސް އިންޓަނެޓް ހިދުމަތްތައް ބޭނުންކުރުމުގައި އެންމެ ހަރުކަށި ފިޔަވަޅު އަޅާފައިވާ ގައުމުތަކުގެ ތެރޭގައި އީރާން ހިމެނެއެވެ. އޭގެ ތެރޭގައި ފޭސްބުކް، އެކްސް އަދި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން މެސެޖިން އެޕް ޓެލެގްރާމް ވެސް މަނާކުރީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކޯޓުން ކުރި ހުކުމެއްގެ ދަށުންނެވެ.

އެހެން ނަމަވެސް ވީޕީއެން ބޭނުންކޮށްގެން އީރާނުގައި މި ހިދުމަތްތައް ބޭނުންކުރެވެއެވެ. އަދި ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ ބޭނުން އެގައުމުގެ ރައްޔިތުން ބޭނުންކުރެެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC