logoEN
Sto top
ވަޓްސްއެޕުން ސްކްރީންޝޮޓެއް ނުގުމުން އެނގޭނެތަ؟

ވަޓްސްއެޕުން ސްކްރީންޝޮޓެއް ނުގުމުން އެނގޭނެތަ؟

ސާރާ އަހުމަދު

logo

1/3/2025, 3:30:00 AM

# ވަޓްސްއެޕް

--

ޗެޓެއް ނުވަތަ ސްޓޭޓަސްއެއްގެ ސްކްރީންޝޮޓެއް ވަޓްސްއެޕުން ނަގާފިއްޔާ އިނގޭނެ ހެއްޔެވެ؟

Wamco

ކުރިން ހަމައެކަނި މެސެޖިން ޕްލެޓްފޯމެއްގެ ގޮތުގައި އޮތް އެ ވަޓްސްއެޕްގެ މިހާރު މިވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ. އެގޮތުން ވަޓްސްއެޕް ސްޓޯރީތަކާއި ބިޒްނަސް އެކައުންޓްތަކާއި ބްރޯޑްކާސްޓް ޗެނަލްތައް އަދި ޕޭމަންޓްތައް ވެސް މިހާރު ވަޓްސްއެޕް މެދުވެރިކޮށް ކުރެވެއެވެ.

އިތުރު އެކްސްޕޯޒަތަކާއެކު ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވެސީގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައިއެވެ. އެގޮތުން އަމިއްލަ ދިރިއުޅުމާއި މައުލޫމާތު ރައްކާތެރިކުރެވޭނެ ގޮތްތަކަކީ ކޮބާތޯ ބެލެއެވެ.

ސްނެޕްޗެޓް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުން ސްކްރީންޝޮޓެއް ނެގުމުން އެލާޓް ކުރާއިރު، ވަޓްސްއެޕް މީގެ ކުރިން ވެފައިވަނީ މި ފީޗާ ނުހުންނަ ޕްލެޓްފޯމަކަށެވެ.

އިންސްޓަގްރާމް އަދި ފޭސްބުކުން ވެސް ޗެޓުގެ ސްކްރީންޝޮޓެއް ނަގުމުން "ޑިސަޕިއަރިން މެސެޖް" އޮންކޮށްގެން ނޫނީ އެލާޓް ނުކުރެ އެވެ. "ޑިސަޕިއަރިން މެސެޖް" ފީޗާ އަދި ވެސް ވަޓްސްއެޕަށް ތައާރަފް ނުކުރާތީ އެކަމާ އަދި ކަންބޮޑުވާކަށް ނުޖެހެ އެވެ.

އޮޅިގެން މީހެއްގެ ވަޓްސްއެޕް ސްޓޭޓަސް ނުވަތަ ޗެޓެެއްގެ ސްކްރީންޝޮޓެއް ނެގިފައިވާނަމަ އެކަމާ ހާސްވާކަން ނުޖެހޭނެއެވެ. ސްނެޕްޗެޓް ފަދަ އެހެން ޕްލެޓްފޯމްތަކާ ހިލާފަށް އެއްވެސް މީހަކު އެމީހެއްގެ ސްޓޭޓަސް/ސްޓޯރީ ސްކްރީންޝޮޓް ކޮށްފި ނަމަ ވަޓްސްއެޕުން އެލާޓެއް ނުކުރެ އެވެ.

ނަމަވެސް ވަޓްސްއެޕުގެ ޕްރައިވެސީ ޕޮލިސީއަށް ދާދި ފަހުން ގެނައި މުހިންމު ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަމަލަކުން އެޕްލެޓްފޯމަށް ރައްކާތެރިކަން ވަނީ ކަށަވަރުކޮށްދީފައިއެވެ. ވަޓްސްއެޕް ޗެޓަށް ފޮނުވާ ފޮޓޯތައް ނުވަތަ އެއްވެސް މީޑިއާއެއް ސްކްރީންޝޮޓް ކުރުން ހުއްޓުވަން ބޭނުންވާ ފަރާތްތަކުން ސްކްރީންޝޮޓްތައް ބްލޮކްކުރާ "ވިއު ވަންސް" ފީޗާ އެކްޓިވޭޓް ކުރެވިދާނެއެވެ.

ވަޓްސްއެޕުން އެއްވެސް ސްކްރީންޝޮޓް ނޯޓިފިކޭޝަނެއް ނުފޮނުވާތީ، މި ހާއްސަ ފީޗާއަކީ ތިމާގެ ފޮޓޯ/ވީޑިއޯތައް ރައްކާތެރިކުރުމަށް އެންމެ ރަނގަޅު ގޮތެވެ. "ވިއު ވަންސް" މެސެޖް ސްކްރީންޝޮޓް ކުރަން މީހަކު މަސައްކަތް ކޮށްފި ނަމަ، ވަޓްސްއެޕުން އެކްޝަން ބްލޮކްކޮށް "ސްކްރީން ކެޕްޗާ ބްލޮކްޑް" ޕޮޕްއަޕެއް ދައްކާލާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC