logoEN
Sto top
ވޭމަންޑޫގައިވެސް ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ވޭމަންޑޫގައިވެސް ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

އަހުމަދު ޝުރާއު

logo

9/24/2025, 5:28:27 PM

# މޯލްޑިވްސް އިމިގްރޭޝަން

-

ތ ވޭމަންޑޫގައިވެސް ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި އެވެ.

Wamco

މި ހިދުމަތް ރަސްމީކޮށް އެރަށުގައި ފެށީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ތ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ ވޭމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

ވޭމަންޑޫގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

ވޭމަންޑޫއަކީ ތ އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ފެށުނު ދެވަނަ ރަށެވެ. އެގޮތުން ރޭ ވިލުފުށީގައި ވެސް މި ހިދުމަތް ރަސްމީކޮށް ފަށާފައިވެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށިގެން ދިޔަ ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 17 އަތޮޅެއްގައި މި ޚިދުމަތް މިވަނީ ދޭން ފަށާފައެވެ. އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި މި ޚިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީކާޑް ހެއްދުމުގެ ޚިދުމަތް ދެމުން އަންނައިރު މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. މިއީ ބޭރު ޤައުމެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ޤައުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC