logoEN
Sto top
އުރީދޫގެ ޑިޒައިނަރުން ޗުއްޓީއަށް: 7 އަހަރުން ދަށުގެ ކުދިންނަށް ފަންރަން އިސްތިހާރު ހެދުމުގެ ފުރުސަތު!

އުރީދޫގެ ޑިޒައިނަރުން ޗުއްޓީއަށް: 7 އަހަރުން ދަށުގެ ކުދިންނަށް ފަންރަން އިސްތިހާރު ހެދުމުގެ ފުރުސަތު!

އަހުމަދު ޝުރާއު

logo

9/23/2025, 4:02:40 PM

# އުރީދޫ މޯލްޑިވްސް

-

އުރީދޫ މޯލްޑިވްސްއިން އުމުރުން ހަތް އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ފަން ރަން އާޓް ކޮންޓެސްޓެއް ފަށައިފި އެވެ.

Wamco

އިއްޔެ ފެށި މި ފަން ރަން އާތް ކޮންޓެސްޓަކީ އުރީދޫން މިއަދުގެ ޑިސެމްބަރު މަހު ބާއްވާ ފަން ރަން އިޝްތިހާރުކުރުމަށްޓަކައި ކުރިޔަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވުމަށްޓަކައި ފަން ރަންއާއި ގުޅޭ އާޓްވޯކެއް ހެދުމަށްފަހު އުރީދޫގެ މާކެޓިންގެ މެއިލަށް ފޮނުވާލެވޭނެ އެވެ.

މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔާށްގެންދާ މި ކޮންޓެސްޓުގައި އާޓްވޯކްގެ ސާފު ފޮޓޯ/ސްކޭނެއްވެސް ހުށަހެލޭނެ ކަމަށް އުރީދުން ބުނެއެވެ،

އިނާމު ހޮވުމާއި އިނާމު ދިނުމުގައި އަމަލުކުރަން ނިންމާފައިވާ ގޮތް:

  1. އުރީދޫން ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ކުރެހުންތައް ހިއްސާ ކުރެވޭނެއެވެ.
  2. ކުރެހުންތަކުގެ ތެރެއިން އެންމެ ގިނަ ލައިކްސް ލިބޭ ފަސް ކުރެހުން ކުރެހި ކުދިންނަށް (5) ފަން ކިޓް ލިބޭނެއެވެ.
  3. ކުރެހުންތައް ހުންނަން ޖެހޭނީ ކޮމިއުނިޓީ ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެމަތިން
  4. ކޮންމެ ކުއްޖަކަށް ވެސް ހުށަހެޅޭނީ އެންމެ އެންޓްރީ އެވެ.
  5. މުބާރާތުގެ މުއްދަތުގައި ލައިކް ގުނާނީ އުރީދޫގެ ރަސްމީ ޕޯސްޓްތަކަށް އެކަނި

މި ކޮންޓެސްޓާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މި ކޮނޓެސްޓްގެ ސަބަބުން ތުއްތު ކުދިންގެ ހިތްގައިމު ކުރެހުންތަކުން ފަން ރަން ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާނެ ކަމަށާއި ފަން ރަން އަކީ ކޮމިއުނިޓީ ސްޕިރިޓާއި އުފާވެރިކަން ދައްކުވައިދޭ ރަންއެއް ކަމުން މިކަން ދައްކުވައިދިނުމަށް އެންމެ ރަނގަލީ ކުޑަކުޑަ އާޓިސްޓުންކަމަށް އެކުންފުނީން ގަބޫލުކުރާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC