logoEN
WAMCO TOP 1
ނިލަންދޫ އައު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި

ނިލަންދޫ އައު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

9/21/2025, 8:09:43 AM

# ފ ނިލަންދޫ

-

ފ. ނިލަންދ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

THE TRAVELLER AD

މި މަސައްކަތް ފެށީ މިއަދު މިކަމަށް ޚާއްޞަކޮށްގެން ނިލަންދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައ،ި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖ،ީ ޢަލީ ޢިހްސާން އާއ،ި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އާއި ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއ،ި ކައުންސިލުގެ ރައީސް އާއ،ި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މިއަދު ފެށިގެންދިޔަ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފުރިހަމަކުރެވުމާއެކު ފ. އަތޮޅުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓިސީސީން ބުނެއެވެ. ހަަމައެއާއިއެކު މި ރަށުގައި މި ޤާއިމުކުރެވޭ ޕޮލިސް ސްޓޭޝަނަކީ ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވެސް ވެގެންދާނެކަމަށް އެކުންފުނީން ބުނެއެވެ.

މި މަސައްކަތުގެ ދަށުން ތަނުގެ ވަށައިފާރު ރޭނުމާއި އޮފީސް ބޮލަކަކާއި ކުށްވެރިން ބައިތިއްބާނެ ފެސިލިޓީ އަކާއި ގަރާޖެއް ހަދާނެއެވެ.

މި މަޝްރޫޢަކީ 36.03 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ކޮމެންޓް
ފަހުގެ
HDC