
--
ފ.ނިލަންދޫ ކުނިގޮނޑުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

ސިފައިން މިއަދު ބުނީ މި ހާދިސާގެ މަޢުލޫމާތު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަނަށް މިއަދު 13:15 ހާއިރު ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މިގޮތުން ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، އަލިފާން ކޮންޓްރޯލްކޮށް، 15:26 ހާއިރު އަލިފާން ވަނީ އެއްކޮށް ނިއްވާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ގުޅުންހުރި

ނިލަންދޫގައި ޓޫރިސްޓު ހިދުމަށްދޭ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި

ނިލަންދޫ އައު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި

ފ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި




