logoEN
WAMCO TOP 1
ކެޔޮދޫ ސްކޫލުގެ އައު އިމާރާތާއި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއަށް!

ކެޔޮދޫ ސްކޫލުގެ އައު އިމާރާތާއި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

9/20/2025, 9:17:39 AM

# ވ ކެޔޮދޫ

-

ވ ކެޔޮދޫގައި އަލަށް ހިންގާ ދެ މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

THE TRAVELLER AD

ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކުރީ ކެޔޮދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި ސްކޫލުގެ އައު އިމާރާތުގެ މަސައްކަތެވެ. މި ދެ މަޝްރޫއު ހަވާލުކުރުން ކުރިޔަށް ދިޔައީ މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒު އެރަށަަށް ވަޑައިގެންނެވުމުންނެވެ.

ސިއްހީ މަރުކަޒު މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ. ކެޔޮދޫ ސްކޫލުގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްލަޠީފް މުޙައްމަދެވެ. މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.

ސިއްހީ މަރުކަޒު މި މަޝްރޫޢުގެ ދަށުން، އައު އިމާރާތް ތަރައްޤީކުރަނީ 17,180 އަކަފޫޓުގެ ސަރަޙައްދެއްގައެވެ. މީގެއިތުރުން ، ބިންގަނޑު ކޮނުމާއި، މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި ، ޓައިލްސް ޖެހުމާއި ، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއ،ި ދަގަނޑު މަސައްކަތްތަކާއ،ި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތާއި، ކަރަންޓު ވަޔަރު ކުރުމާއ،ި މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއ،ި އެއަރ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމާއި، އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 29.89 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ކެޔޮދޫ ސްކޫލް އައު އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން 11 ކްލާސްރޫމާއ،ި 1 ސްޓާފްރޫމާއ،ި 1 ކޮމްޕިއުޓަރ ލެބާއ،ި 1 ސައިންސް ލެބް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައި އެވެ. މި މަޝްރޫޢު އެމްޓިސީސީއާ ހަވާލުކޮށްފައިވަނީ 23.79 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށެވެ.

ކޮމެންޓް
ފަހުގެ
HDC