
މި ސެޕްޓެމްބަރު މަހު އުރީދޫ ގެ އޭ.އައި ޗެޓްބޮޓު މެދުވެރިކޮށް ރަންނަމާރިއާ ވާހަކަ ދައްކާލާ!
# އުރީދޫ މޯލްޑިވްސް-
އޫރިދޫ މޯލްޑިވްސްގެ އައު އަދި އުފެއްދުންތެރި އޫރިދޫ ކަލަންޑަރު 2025 ގެ ބައެއްގެ ގޮތުން، ސެޕްޓެމްބަރު މަހުގެ ފީޗަރ ކުރެވިފައިވަނީ ރަންނަމާރި ކެރެކްޓަރެވެ.

ރަންނަމާރި ވާހަކައަކީ ދިވެހި ތާރީޚުގައި އެންމެ މަޝްހޫރު އަދި ބިރުވެރި ވާހަކަތަކުގެ ތެރެއިން އެއް ވާހަކައެވެ.
އެތައް ޖީލުތަކެއް ވަންދެން، ދިވެހިން ޤަބޫލުކުރި ގޮތުގައި ކޮންމެ މަހަކު އެއްފަހަރު ރަންނަމާރި ކިޔާ ނުބައި ކަނޑުގެ ޖިންނިއެއް ކަނޑުން އަރައެވެ. އެ ޖިންނި ފެންނަނީ އަލިކަން ދޭ ބައްތިތަކުން ފުރިފައިވާ އުޅަނދެއްގެ ސިފައިގައެވެ. އޭނާ މަޑުކުރުވުމަށްޓަކައި، ރަށުގެ މީހުން ޒުވާން އަންހެން ކުއްޖަކު ޤުރުބާންކުރެއެވެ.
މި ހިތާމަވެރި ދައުރު ހުއްޓުނީ އަބުލް ބަރަކާތުލް ބަރްބަރީ ކިޔާ މަޣްރިބުން އައި ޢިލްމުވެރިއެއް އައުމުންނެވެ. އޭނާއަކީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ މީހެކެވެ. އަންހެން ކުއްޖަކު ޤުރުބާންކުރަން އޮތް ރޭ، އޭނާ އެ ކުއްޖާގެ ބަދަލުގައި އަމިއްލައަށް ހުށަހެޅިއެވެ. އަދި މުޅި ރޭ ބުދުކޯލުގައި ހޭދަކުރީ ޤުރުއާން ކިޔަވަމުންނެވެ. ރަންނަމާރި ކައިރިވެ ޤުރުއާނުގެ އާޔަތްތައް އިވުމުން، އެ ޖިންނި ކަނޑަށް ފީނައިގެން ދިޔައެވެ. އަދި އެއަށްފަހު ދުވަހަކުވެސް ނާދެއެވެ.
އަހަރުގެ ފެށުމުގައި ތަޢާރަފުކުރެވުނު އުރީދޫ ކަލަންޑަރު 2025 އިން، ދިވެހި އާދަކާދައިގެ 12 މަޝްހޫރު ކެރެކްޓަރެއް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އަލުން ސިފަކުރެއެވެ. ކޮންމެ މަހަކު އައު ކެރެކްޓަރެއް ހާމަކުރެވެއެވެ. އަދި ކަސްޓަމަރުންނަށް ކެރެކްޓަރުންނާ ވާހަކަ ހިއްސާކޮށް، ސުވާލުކޮށް، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި މި ވާހަކަތަކަށް އާ ފުރާނައެއް ލިބި، މީހުންގެ ޝައުޤުވެރިކަން އިތުރުވާނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދުން ވަނީ އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އެނެޓްވޯކާއި ގުޅިވަޑައިގެން، ރާއްޖޭގެ ކުރީގެ ވާހަކަތަކުން އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައި އެވެ.
އުރީދޫގެ އޭ.އައި ޗެޓްބޮޓް މެދުވެރިކޮށް ބަޑި އެދުރާ ވާހަކަ ދައްކާލުމަށް މި ލިންކު ބޭނުންފުޅު ކުރައްވާ!
ގުޅުންހުރި
.jpg&w=3840&q=75)
ރާއްޖޭގެ އެންމެ އުފާވެރި ދުވުން ޑިސެމްބަރ 19 ގައި ހުޅުމާލޭގައި: ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

ދިވެހި ވިޔަފާރިތަކަށް އުރީދޫ ބިޒްނަސްގެ ފަރާތުން ގޫގުލް ވާކްސްޕޭސްގެ ހިދުމަތް ތައާރަފްކޮށްފި

ޕޭޕާލް މެދުވެރިކޮށް އިންވާޑް ރެމިޓަންސް ލިބުމުގެ ހުއްދަ އެމްއެމްއޭއިން އުރީދޫ ފިންޓެކަށް ދީފި





