logoEN
Sto top
ފެރިދޫ އާއި މަތިވެރީގައި 'ހާލު ކިހިނެއް؟' ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

ފެރިދޫ އާއި މަތިވެރީގައި 'ހާލު ކިހިނެއް؟' ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

9/15/2025, 7:02:39 AM

# އއ. ފެރިދޫ

-

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ "ޙާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިން އަރިއަތޮޅު އުތުރުބުރި މަތިވެރި އަދި ފެރިދޫގެ މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށްފިއެވެ.

Wamco

‏މި ޕްރޮގްރާމްގެ ތެރެއިން މަތިވެރި އަދި ފެރިދޫގެ މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ވެސް ވަނީ ކުރެވިފައެވެ.

އަރިއަތޮޅުގެ މި ޒިޔާރަތްތަކުގެ ތެރެއިން މިހާތަނަށްވަނީ އަރިއަތޮޅު އުތުރުބުރި ރަސްދޫ, އުކުޅަސް އަދި ތޮއްޑޫގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ. އަދި މި ޒިޔާރަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެރަށްރަށުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެހީތެރިކަމާ އެކުގައެވެ.

"ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެެއްގެ ހުރިހާ ގޭބިސީތަކަކަށް ޒިޔާރަތްކޮށް، ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިިނުމުގެެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC