
ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ސްޓެލްކޯއިން ކާމިޔާބުކަމާއިއެކު ނިންމާލައިފި
# އއ. ފެރިދޫ-
އއ. ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއިއެކު ނިންމާލައިފި އެވެ.

ފެރިދޫއަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯއިން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން، ފެރިދޫގެ ޑިސްޓްރިބިއުޝަން ވިއުގައިގެ 90 އިންސައްތަ އެއްކޮށް ބަދަލުކުރެވި، ފެރިދޫ އިންޖީނުގޭގައި 2000 އެމްޕަޔަރގެ ޒަމާނީ ކޮންޓްރޯލް ޕެނަލެއް ބެހެއްޓި ވަނީ ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
މި އަޕްގްރޭޑްގެ ސަބަބުން، ކުރިން ދިމާވަމުން އައި ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ މުޅިން ހައްލުވެ، މުސްތަޤުބަލުގައި ރަށުގެ ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާ ދިއުމަށް ކޭޓާރ ކުުރުމުގެ ފުރުސަތު ލިބިގެންގޮސްފައިވާ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މައްސަލަ އަވަސް ފުރުސަތެއްގެ ތެރޭގައި ދެނެގަނެ، ހައްލުކުރުމުގެ ޤާބިލުކަން މި އައު ނިޒާމުގެ ސަބަބުން އިތުރުވެފައިވާ ކަމަށެވެ.
އަދި މި ބަދަލުތަކާއެކު، ފެރިދޫގެ ރައްޔިތުންނަށް ލިބޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އިތުބާރު ބޮޑު ޚިދުމަތަކަށް ވެގެންދާނެކަންވެސް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައި އެވެ.
ގުޅުންހުރި

ފެރިދޫ އާއި މަތިވެރީގައި 'ހާލު ކިހިނެއް؟' ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

ފެރިދޫގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ފަށައިފި

ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ސްޓެލްކޯއިން ކާމިޔާބުކަމާއިއެކު ނިންމާލައިފި
