logoEN
Sto top
ތައިސޭ ކޮށީގެ ނަން "މާލެ ސިޓީ ހޯލް" ގެ ނަމަށް ބަދަލުކޮށްފި

ތައިސޭ ކޮށީގެ ނަން "މާލެ ސިޓީ ހޯލް" ގެ ނަމަށް ބަދަލުކޮށްފި

އަހުމަދު ޝުރާއު

logo

9/12/2025, 8:42:33 AM

# މާލެ ސިޓީ ކައުންސިލް

-

ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި ހުންނަ، މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ދެމުން އަންނަ ތައިސޭ ކޮށީގެ ނަން "މާލެ ސިޓީ ހޯލް" ގެ ނަމަށް ބަދަލުކޮށްފި އެވެ.

Wamco

މާލެ ސިޓީ ހޯލްގެ ނަމަށް ތައިސޭ ކޮށީގެ ނަން ބަދަލުކުރީ ބުދަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 211 ވަނަ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ ފުރިހަމަ އަޤްލަބިއްޔަތުންނެވެ.

މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންއާ ހުރިހާ ޚިދުމަތްތަކެއް ވެސް މިހާރު ދެމުން އަންނަނީ މާލެ ސިޓީ ހޯލުންނެވެ. ކާރޫބާރު ބޮޑު މާލޭގެ އެކި އަވަށްތަކުގައި ހުރި، ނުވަ ޢިމާރާތެއްގައި ހިނގަމުންދިޔަ މަސައްކަތްތައް، އެއް އޮފީހަކަށް ބަދަލުކުރުމުން، ޚަރަދު ކުޑަވެ، ދެވޭ ޚިދުމަތް އަވަސްވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، ހިންގުމަށް ވެސް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ފާހަގަ ކުރައްވައެވެ.

މި ބަދަލާއެކު އެއްތަނަކުން ލިބެންފަށާ ޚިދުމަތްތަކުގެ ތެރޭގައި، ލޭންޑް އެންޑް ބިލްޑިން، ވައިޓަލް ރަޖިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސް، އެޑްމިން، ކައުންސިލް ބިއުރޯ، ފައިނޭންސް، ހަބާރ އަދި މާރުކޭޓު މެނޭޖްމެންޓްގެ އިތުރުން ރޯޑް މެނޭޖްމަންޓްގެ މަސައްކަތްތައް ހިމެނެއެވެ.

ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ވެސް މިހާރު ދަނީ ބާރު ސްޕީޑުގައި މާލެ ސިޓީ ހޯލްގެ އިރުމަތި ފަރާތުގައި ކުރެވެމުންނެވެ. އެ ގޮތުން މިހާރު ކޮންކްރީޓް މަސައްކަތުގެ، 60 އިންސައްތަ ނިމިފައިވާ މި ޢިމާރާތުގެ މަސައްކަތް، 2026 ވަނަ އަހަރު އެއްކޮށް ނިމުމުން، ރާއްޖޭގައި އޮތް އެންމެ ބޮޑު ކައުންސިލަށް، އަމިއްލަ ވަޒަނެއް ނެތުމުންގެ އުނިކަން، އަބަދުގެ އަބަދަށް ނެތިގެންދާނެ ކަމަށް، މާލެ ސިޓީ ކައުންސިލުން ފާހަގަކުރެއެވެ. މި ކަމުގެ ސަބަބުން، ދެ ލައްކަ ފަންސާސް ހާހެއްހާ ރައްޔިތުން، ޚިދުމަތް ހޯދުމަށް ޓަކައި، ގަނެ ތެޅެމުން އައި އައުމަށް، ނިމުމެއް އަންނާނެކަމަށް، މާލެ ސިޓީ ކައުންސިލުން އުއްމީދުކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC