logoEN
Sto top
މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

އަހުމަދު ޝުރާއު

logo

9/11/2025, 8:32:32 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

Wamco

ފުލުހުން މިއަދު ވީޑިއޯއަކާއެކު އާންމުކުރި އިއުލާނެއްގައި ބުނީ އެވީޑިއޯއިން ފެންނަ މީހާއަކީ ސައިބަރ ކްރައިމް ސެންޓަރުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

އެގޮތުން ފުލުހުން އާންމު ކުރި ވީޑީއޯއިން ފެންނަނީ ތުހުމަތުކުރެވޭ މީހާ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއްގެ ތެރޭގައި ހުންނަ މަންޒަރެވެ.

ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9636262 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC