logoEN
Sto top
އެމްނެޓްސްގެ "އޯޕަން ޑޭ"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެމްނެޓްސްގެ "އޯޕަން ޑޭ"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

9/10/2025, 8:56:28 AM

# އެމްއޭސީއެލް

-

މޯލްޑިވްސް ނޭޝަނަލް އެއާޓްރެފިކް ސާވިސް (އެމްނެޓްސް)ގެ "އޯޕަން ޑޭ"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Wamco

އެމްނެޓްސްގެ ދެވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ހަރަކާތް އޮންނާނީ 20 ސެޕްޓެންބަރު 2025ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.

މި ހަރަކާތުގެ މަގުސަދަކީ އެމްނެޓްސް އިން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ މި ކުންފުނީގެ އެކި ފެސިލިޓީތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު ގައުމީ އެއާ ނެވިގޭޝަން ސާވިސްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ކިޔައިދިނުމެވެ.

އެމްނެޓްސް "އޯޕަން ޑޭ" ގައި ބައިވެރިވުމަށް 200 ފަރާތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު, ހަރަކާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވާންޖެހޭނެއެވެ. ރަޖިސްޓްރޭޝަން ކުރިއަށްދާނީ 11 ސެޕްޓެމްބަރު 2025ގެ ނިޔަލަށެވެ. ނަމަވެސް "އޯޕަން ޑޭ" އަށް ކަނޑައަޅާފައިވާ ޖާގަ ހަމަވުމުން ރަޖިސްޓްރޭޝަން ބަންދުކުރެވޭނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC