logoEN
Sto top
ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ, ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށައިފި

ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ, ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށައިފި

އަހުމަދު ޝުރާއު

logo

9/7/2025, 2:30:33 PM

# އެމްއޭސީއެލް

-

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަވާލުވެފައިވާ ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ, ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Wamco

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިސްކޮށް ހުންނަވައިގެން ފެއްޓެވި މި މަސައްކަތުގެ ދަށުން އެމްއޭސީއެލް އިން އަލަށް ހަވާލުވެފައިވާ ނުވަ ޑޮމެސްޓިކް އެއާޕޯޓަށް ކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް, އެއާޕޯޓްތަކުގެ ހާލަތު ބަލައި ދެނެގަނެ, ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރާނެ ކަމަށް އެކުންފުނީން މިއަދު ވަނީ ބުނެފައި އެވެ.

އެމްއޭސީއެލްގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ވަނީ މިދިޔަ ހަފުތާ ތެރޭގައި ފުވައްމުލައް އެއާޕޯޓަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބައްލަވައި, އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވައިފައެވެ.

ޑޮމެސްޓިކް އެއާޕޯޓުތައް ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އާއި އެމްއޭސީއެލް އެއްކޮށްލުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއެކު އާރުއޭސީއެލް އިން ހިންގަމުން އައި ނުވަ އެއާޕޯޓެއްގެ އޮޕަރޭޝަންއާ އެމްއޭސީއެލް އިން ވަނީ މިދިޔަ މަހުގެ ތެރޭގައި ހަވާލުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC