
ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް: ބަޔަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވޭ!
# ދިވެހި ފުލުހުންގެ ޙިދުމަތް-
މާލެ އާއި ހުޅުމާލެ ގުޅޭ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ ހައިވޭގައި އެކްސިޑެންޓެއް ހިނގުމާއި ގުޅިގެން ފުލުހުން ހަރަކާތެރިވަމުންދާ ކަމަށާއި މި އެކްސިޑެންޓުގައި 3 ސައިކަލާއި ބަހެއް ހިމެނޭ ކަމަށެވެ.
އަދި އެކްސިޑެންޓުވި ސައިކަލުތަކުގެ ތެރޭގައި ފުލުހުންގެ ސައިކަލެއްވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މި އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަންވެސް ފުލުހުން ހާމަކުރި ނަމަވެސް އަނިޔާވީ ކިތަށް މީހުންނަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.