logoEN
Sto top
ނޭޕާލްގެ ވަޒީރުންނާއި ސަރުކާރުގެ އޮފިޝަލުން ކަތަމަންޑޫއިން ބޭރުވުމަށް އަސްކަރިއްޔާ އެހީތެރިވާން ފަށައިފި

ނޭޕާލްގެ ވަޒީރުންނާއި ސަރުކާރުގެ އޮފިޝަލުން ކަތަމަންޑޫއިން ބޭރުވުމަށް އަސްކަރިއްޔާ އެހީތެރިވާން ފަށައިފި

އަހުމަދު ޝުރާއު

logo

9/9/2025, 9:41:12 AM

# ނޭޕާލް

މަޝްރަހު ހޫނުވެފައި އޮތް ނޭޕާލްގެ ވަޒީރުންނާއި ސަރުކާރުގް އިސް އޮފިޝަލުންނަށް ހިމާޔާތްދީ އެމީހުން ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ނޭޕާލްގެ އަސްކަރިއްޔާއިން ފަށައިފި އެވެ.

Wamco

މިކަން ނޭޕާލްގެ އަސްކަރިއްޔާގެ އިސްއޮފިޝަލަކު ވަނީ ދަ ކަތުމަންޑޫ ޕޯސްޓަށް ކަށަވަރުކޮށްދީފައި އެވެ.

ކަތަމަންޑޫ ޕޯސްޓުން ރިޕޯޓުކުރާ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަޒީރުންނާއި އޮފިޝަލުންގެ ގެތަކަށް ގެއްލުންދެމުންދާތީ ނޭޕާލް ސިފައިން މިހާރު އަންނަނީ އެމީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން އެހީތެރިވަމުންނެވެ. މީގެ އިތުރުން މަޖިލިސް އިމާރާތް ރައްކާތެރި ކުރުމަށް ވެސް ސިފައިން ނެރެފައިވާއިރު މަތީ ފަންތީގެ އޮފިޝަލުންނަށް އަސްކަރީ މަރުކަޒުތަކުގައި އަންނަނީ ސެކިއުރިޓީ ފޯރުކޮށްދެމުންނެވެ.

ނޭޕާލްގެ ސަރުކާރުގެ ކޮރަޕްޝަން އިތުރުވުމާއި އެގައުމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރުމާއި ގުޅިގެން ގިނަ ޒުވާނުންތަކެއް ނޭޕާލްގެ މަގުތަކަށް ނުކުމެ "ޖެން ޒީ" މުޒާހާރާގެ ނަމުގައި ބޮޑު ހަރަކާތެއް ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ. މިމުޒާހަރާ ހޫނުވެ ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު ބޮޑެތު ހަމަނުޖެހުންތަކެއް ހިނގައި މިހާތަނަށް 21 މީހަކު ވަނީ މަރުވެފައި އެވެ.

އަދި މުޒާހަރާ ހޫނުވުމާއި ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރު ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ވަނީ މިއަދު މަގާމުން އިސްތިއުފާ ދެއްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC