logoEN
Sto top
ނޭޕާލް ޖެން ޒީ މުޒާހަރާ: މިއަދުގެ މިހާތަނަށް 2 މަރު، ޖުމުލަ އަދަދު 21 އަށް!

ނޭޕާލް ޖެން ޒީ މުޒާހަރާ: މިއަދުގެ މިހާތަނަށް 2 މަރު، ޖުމުލަ އަދަދު 21 އަށް!

އަހުމަދު ޝުރާއު

logo

9/9/2025, 9:32:44 AM

# ނޭޕާލް

ނޭޕާލްގެ ޒުވާނުން އެގައުމުގެ ސަރުކާރާއި ދެކޮޅަށް ކުރަމުން އަންނަ ވަރުގަދަ މުޒާހަރާ ހޫނުވެ ސަލާމަތީ ބާރުތަކާއިއެކު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް އިތުރު 2 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

Wamco

ނޭޕާލްގެ ސިވިލް ސާވިސް ހޮސްޕިޓަލުގެ އެގްޒެކެޓިވް ޑިރެކްޓަރު މޯހަން ރެގްމީ އާއި ހަވާލާދީ ބީބީސީއިން ރިޕޯޓުކުރާ ގޮތުގައި މިއަދުގެ ހަމަނުޖެހުންތަކުގައި މިހާތަނަށް 2 މީހަކު މަރުވެފައިވާއިރު 90 އަށްވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.

މި މުޒާހަރާގައި އިއްޔެ 19 މީހަކު މަރުވި އިރު މިއަދު މަރުވި ދެ މީހުންނާއިއެކު މުޒާހަރާގައި މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ 21 އަށް އަރާފައި އެވެ.

ނޭޕާލްގެ ސަރުކާރުގެ ކޮރަޕްޝަން އިތުރުވުމާއި އެގައުމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރުމާއި ގުޅިގެން ގިނަ ޒުވާނުންތަކެއް ނޭޕާލްގެ މަގުތަކަށް ނުކުމެ "ޖެން ޒީ" މުޒާހާރާގެ ނަމުގައި ބޮޑު ހަރަކާތެއް ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ.

މި މުޒާހަރާ ހޫނުވެ ނޭޕާލްގެ ބޮޑުވަޒީރު ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ވަނީ މިއަދު މަގާމުން އިސްތިއުފާ ދެއްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC