logoEN
Sto top
ނޭޕާލް ޖެން ޒީ މުޒާހަރާ: ހަމަނުޖެހުން ބޮޑުވެ މައި އެއާޕޯޓުގެ ބައެއް ހިދުމަތްތައް ހުއްޓުމަކަށް!

ނޭޕާލް ޖެން ޒީ މުޒާހަރާ: ހަމަނުޖެހުން ބޮޑުވެ މައި އެއާޕޯޓުގެ ބައެއް ހިދުމަތްތައް ހުއްޓުމަކަށް!

އަހުމަދު ޝުރާއު

logo

9/9/2025, 9:15:22 AM

# ނޭޕާލް

-

ނޭޕާލްގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ ޒުވާނުން ކުރަމުންދާ މުޒާހަރާ ހޫނުވެ ވެރިރަށް ކަތަމަންޑޫގައި ހަމަނުޖެހުންތައް އިތުރުވަމުންދާތީ މައި އެއާޕޯޓުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

Wamco

ރިޕޯޓުތައް ބުނާގޮތުގައި ކަތަމަންޑޫގެ ބައެއް ތަންތަނުގައި މުޒާހަރާގެ ބައިވެރިން ހުޅު ޖަހަމުން އަންނާތީ ވައި ނުސާފު ދުރު ފެންނަ މިންވަރު ދަށްވެ ފްލައިޓުތައް އޮޕަރޭޓްކުރުމަށް ވަނީ ބުރޫތަކެއް އަރާފައި އެވެ.

ބީބީސީގެ ނޭޕާލް ޚިދުމަތަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ނޭޕާލް (ސީއޭއޭއެން) ގެ ތަރުޖަމާނު ގިޔާނެންޑްރާ ބުލް ވިދާޅުވީ ނޭޕާލްގެ ވެރިރަށް ނޫން އެހެން އަވަށްތަކުގެ އެއާޕޯޓްތަކަށް ސެކިއުރިޓީ ފޯރުކޮށްދެވޭނެކަން ކަށަވަރު ނުކުރެވިގެން މައި އެއާޕޯޓު ޓްރިބޫވާން އިންޓަނޭޝަނަލް އެއާޕޯޓުން ކުރާ ޑޮމެސްޓިކް ފްލައިޓްތައް ‘ގާތްގަނޑަކަށް ހުއްޓިފައިވާ ކަމަށެވެ. މީގެ އިތުރުން ކަތަމަންޑޫ އެއާޕޯޓުގެ ދެކުނު ރޫޓު ކަމަށްވާ ކޮޓެޝްވޯރ-ކަންޑަގަރީ-ބަލްކޯޓް ރޫޓު ވައިނުސާފު ވުމުގެ ސަބަބުން ބައިނަލްއަގްވާމީ ފަސް ފްލައިޓެއް މިހާރު ހޯޅްޑް ކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިތުރު ތަފްސީލް އަންނަނީ ..

E living
ކޮމެންޓް
E living
ފަހުގެ
HDC