logoEN
Sto top
ޒުވާނުންގެ ވަރުގަދަ މުޒާހަރާތަކާއިއެކު ނޭޕާލްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ޒުވާނުންގެ ވަރުގަދަ މުޒާހަރާތަކާއިއެކު ނޭޕާލްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

އަހުމަދު ޝުރާއު

logo

9/9/2025, 9:00:30 AM

# ނޭޕާލް

ނޭޕާލުގެ ޒުވާނުން ކުރަމުންދާ ވަރުގަދަ މުޒާހަރާއާއިއެކު ގޮސްހުސްވެ ނޭޕާލްގެ ބޮޑުވަޒީރު ޚަދްގާ ޕްރަސާދް ޝަރްމާ އޮލީ އިސްތިއުފާ ދެއްވައިފި އެވެ.

Wamco

ބޮޑުވަޒީރު އޮލީ އިސްތިއުފާ ދެއްވާފައިވާކަން އޭނާޣެ އެންމެ އަރިސް ޕްރަކާޝް ސިލްވާލް ދާދި ދެންމެ އަކު ވަނީ ރޮއެޓާސްއަށް ކަށަވަރުކޮށްދެއްވާފައި އެވެ.

ރައީސް އަށް ފޮނުއްވި ސިޓީއެއްގައި ބޮޑުވަޒީރު އޮލީ ވިދާޅުވަނީ އޭނާ މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާ ކަމަށާއި އިސްތިއުފާ ދެއްވަނީ "ސިޔާސީ ހަލަބޮލިކަމާއި މައްސަލަތަކަށް ހައްލެއް ހޯދުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން" ކަމަށެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި ނޭޕާލުގެ "ޖެން ޒީ" އިންގެ މުޒާހަރާއެއް ފެށީ އެގައުމުގައި ސޯޝަލް މީޑިއާ މަނާކުރަން އޮލީގެ ސަރުކާރުން ނިންމައި އެކަން ތަންފީޒުކުރަން ފެށުމާއިއެކުގައި އެވެ. ނަމަވެސް ރޭ ދަންވަރު އޮލީގެ ސަރުކާރުން ވަނީ ސޯޝަލް މީޑިއާ މަނާކުރުމުގެ އުސޫލު އުވާލާފައި އެވެ.

މުޒާހާރާގެ ބައިވެރިންނާއި ހަވާލާދީ ނޭޕާލްގެ ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި މުޒާހަރާތަކަކީ ހަމައެކަނި މީސްމީޑިއާ މަނާކުރުމާއި ގުޅިގެން ކުރަމުންދާ މުޒާހަރާތަކެއް ނޫނެވެ. އެގޮތުން މި މުޒާހަރާއަކީ ގައުމުގައި ކޮރަޕްޝަން އާންމުވެ އިއްޒަތްތެރީންނަށް ގައުމުގައި ހުރިހާ "މޮޅު" ގޮތެއްވެ އާންމު ރައްޔިތު މީހާއަށް ދެރަގޮތް ހަދަމުން އައުމުން އެކަން ނިމުމަކަށް ގެނައުމަށް ޒުވާނުން އިސްވެ ތިބެ ފެށި ހަރަކާތެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC