
ރާއްޖޭގެ އެކުއާކަލްޗަރ ދާއިރާ ތަރައްގީކުރުމަށް ޗައިނާގެ ފުޖިއަން ފިޝަރީޒް އިންސްޓިޓިއުޓްއާއެކު ސޮއިކޮށްފި
# ފިޝަރީޒް މިނިސްޓްރީ-
ދިވެހިރާއްޖޭގެ އެކުއާކަލްޗަރ ދާއިރާ ތަރައްގީކުރުމަށް ޗައިނާގެ ފުޖިއަން ފިޝަރީޒް އިންސްޓިޓިއުޓްއާއި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝިމާލްއެވެ.
މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފުކޮށް، ތިމާވެއްޓާ ރައްޓެހި އަދި ކާބަން ބޭނުންކުރުން މަދުކޮށް ކަނޑުގެ އިޤްތިޞާދު ތަރައްޤީކުރުމެވެ. އަދި އެކުއާކަލްޗަރ ދާއިރާއާއި ގުޅޭ ދިރާސާތައް ކުރިއަށްގެންދިއުމެވެ.
މީގެއިތުރުން މި ފަހުމުނާމާގެ ދަށުން ހިންގާ މަސައްކަތްތަކަކީ ދެމެހެއްޓެނިވިގޮތެއްގައި އެކުއާކަލްޗަރ ދާއިރާ ތަރައްގީކުރުމަށް އެޅޭ މިހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ޢިލްމީ އަދި ޓެކްނިކަލް ގުޅުން އިތުރަށް ބަދަހިވެ، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.
ގުޅުންހުރި

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

މަހަ މަންފާ: މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް ޚާއްސަ ފައިނޭންސިންގ ސްކީމެއް!

މެރިކަލްޗާ ދާއިރާއަށް ޚާއްސަ ފައިނޭންސިންގ ޕްރޮގްރާމެއް: 640،000 ރުފިޔާއާއި ހަމައަށް ފައިނޭންސްކުރާނެ!





