logoEN
Sto top
މިހާތަނަށް 3،000 އަށްވުރެ ގިނަ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިހާތަނަށް 3،000 އަށްވުރެ ގިނަ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

9/7/2025, 4:18:57 PM

# އެފްޑީސީ

-

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ 4000 ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 3000 އަށްވުރެ ގިނަ ފްލެޓު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

Wamco

އެފްޑީސީން މިއަދު ބުނީ 4000 ފްލެޓު ހަވާލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 3032 އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 3088 އެއްބަސްވުމެއްގައި ސޮއިކުރުމަށް ތާވަލުކުރެވިފައިވާކަމަށްވެސް އެ ކޯރޕަރޭޝަނުން ވަނީ މިއަދު ހާމަކޮށްފައެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. ނަމަވެސް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ސަރުކާރުން އެފްޑީސީއާއި ހަވާލުކުރުމާއި އެކު އެމަސައްކަތް އެކުންފުނީން ފެށީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ. ސަރުކާރު ބަންދު ނޫން ހުރިހާ ދުވަހެއްގައި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން އަންނަނީ ކުރަމުންނެވެ.

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންނާއެކު އެގްރިމަންޓްގެ މަސައްކަތް ނިންމާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ފްލެޓް ހަވާލުކުރުމަށް އެފްޑީސީން ވަނީ އަމާޒު ހިފާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC