
ކެޑާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރާނީ ޑެޕިއުޓީ މިނިސްޓަރު ޝައިޚް އިމްޠިޠާޢު އައްބާސް!
# އިސްލާމިކް މިނިސްޓްރީ-
ކެޑާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ވަޒީރުގެ ނައިބު ޝައިޚް އިމްޠިޠާޢު އައްބާސް މެލޭޝިޔާއަށް ފުރާވަޑައިގެންފިއެވެ.

މިއީ ލެމްބާގާ ޒަކާތު އިދާރާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަން ފާހަގަކޮށްލެވެއެވެ. މި ދަތުރުފުޅުގައި ‘ކައިޒަކް 2025’ ޒަކާތު ކޮންފަރެންސްގައި އެމަނިކުފާނު ޕެނެލިސްޓެއްގެ ގޮތުގައި ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މެލޭޝިޔާގައި ކުރިއަށްދާ މި ކޮންފަރެންސްގައި އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިސްލާމީ ފައިނޭންސް ދާއިރާގެ ބޭފުޅުން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މިދިޔަ މަހު ކުރިއަށް ގެންދިޔަ ޒަކާތު ކޮންފަރެންސް، އިންޒެކް2025 ގައި މެލޭޝިޔާގެ ވަފުދަކުން ބައިވެރިވެލައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

ތިނަދޫއާއި ވިލިނގިލި ހިމެނޭހެން 5 ރަށެއްގައި ވަޤުފު މަޝްރޫޢުތަކެއް ކުރިޔަށް ގެންދަނީ، ޖެނުއަރީ މަހު އަމަލީ މަސައްކަތް ފަށަނީ

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 4 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ތ. ހިރިލަންދޫ ސްކޫލަށް 10 ލެޕްޓޮޕް ހަދިޔާކޮށްފި





