.jpg&w=3840&q=75)
-
ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މަރްހޫމް މުޙައްމަދު އުމަރު މަނިކު، އެމްޔޫ މަނިކުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ މޯލްޑިވްސް (މަޓީ) އިން ނިންމައިފިއެވެ.

އެމްޔޫ މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާލަން ނިންމާފައިވަނީ މާދަމާ އެވެ. އެގޮތުން މަޓީއިން މައުލޫމާތު ދޭގޮތުގައި ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން ކުރިއަށްދާނީ މާދަމާއިން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ދަފްތަރުގައި ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
އެމްޔޫ މަނިކުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރު ހުޅުވަނީ މަޓީގެ އޮފީސް ހުންނަ ފަސްމީރު ބިލްޑިންގެ 4 ވަނަ ފަންގިފިލާގައެވެ. މި ދަފްތަރުގައި ޢާންމުންނަށްވެސް ސޮއިކުރެވޭނެއެވެ.
ދައުލަތަށް 19 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވަވާފައިވާ އެމްޔޫ މަނިކު އުމުރުން 78 އަހަރުގައި އަވަހާރަވީ ސިއްހީ ހާލު ވަރަށް ބޮޑަށް ދެރަވެ، ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށް މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު އެވެ.
އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ހިތްވަރާއި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވި އަދި އެތައް ބައެއްގެ ލޯބި ހޯއްދެވި ބޭފުޅެކެވެ. އެމްޔޫ މަނިކަކީ މީގެ ބައި ގަރުނު ކުރިން ރާއްޖެއަށް ޓޫރިޒަމް ތައާރަފްކޮށް، އެ ސިނާއަތުގެ ނަފާއިން ރާއްޖެ މުއްސަނދި ކުރެއްވުމަށް މަގުފަހިކޮށްދެއްވި އެއް ބާނީއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އެމްޔޫ މަނިކުގެ ހަނދާނުގެ ތައުޒިޔާގެ ދަފްތަރެއް ހުޅުވާލަނީ

އެމްޔޫ މަނިކުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ މިސްކިތެއް ބިނާކުރެއްވުން!

އެމްޔޫ މަނިކުގެ ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު ސިންގަޕޫރުގައި، ރާއްޖޭގައިވެސް ޣައިބަށް ކަށުނަމާދު ކުރާނެ!
