logoEN
cocacola
އެމްއޭސީއެލްގެ ޗެއާމަން ކަމުން އެމްޔޫ މަނިކު އިސްތިއުފާދެއްވައިފި

އެމްއޭސީއެލްގެ ޗެއާމަން ކަމުން އެމްޔޫ މަނިކު އިސްތިއުފާދެއްވައިފި

އަހުމަދު ޝުރާއު

logo

2/12/2024, 2:57:25 PM

# އެމްޔޫ މަނިކު

އެމްޔޫ މަނިކު

ރާއްޖެގެ މައި އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑުގެ ޗެއާމަންކަމުން މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު އިސްތިއުފާދެއްވައިފި އެވެ.

ގޮސިޔާ

އެމްއޭސީއެލްގެ ޗެއާމަންކަމުން އެމްޔޫ މަނިކު އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައީސަށް ފޮނުއްވި ސިތީއެއް މެދުވެރިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވީ، ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެއެވެ.

އެމްޔޫ މަނިކު ވަނީ ރައީސް ޔާމީންގެ ވެރިކަމުން ފެށިގެން އެމްއޭސީއެލްގެ ޗެއާމަން ކުރައްވާފައި އެވެ. އެގޮތުން އެމްޔޫ މަނިކު އިސްތިއުފާ ދެއްވާފައިމިވަނީ އެކުންފުނީގެ ޗެއާމަންކަން 10 އަހަރު ކުރެއްވުމަށްފަހު ގައި އެވެ.

އެމްޔޫ މަނިކު އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އެވެ. އެގޮތުން އެމްޔޫ މަނިކު އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓް ބްރޭންޑް ކަމަށްވާ ޔުނިވާސަލް ގެ އެއް ހިއްސާދާރުވެސް މެއެވެ. މީގެ އިތުރުން އޭނާ އަކީ ޓޫރިޒަމް ދާއިރާގެ ރިސޯޓުތައް ތަމްސީލްކުރާ އެސޯސިއޭޝަން، މަޓީގެ ކޯ ފައުންޑާކަންވެސް ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ