logoEN
WAMCO TOP 1
މާދަމާރޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ!

މާދަމާރޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ!

އަހުމަދު ޝުރާއު

logo

9/6/2025, 8:20:27 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

މާދަމާ ރޭ ހިފާ ހަނދުކޭތައާ ގުޅިގެން ރާއްޖޭގައި ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރަން ނިންމާފައިވާ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.

THE TRAVELLER AD

އެވުޒާރާއިން ނެރުނު ސާއުލާއެއްގައި ބުނީ މާދަމާ ރޭ ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 08:28 ގައި ކަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމު އަލިވެ 11:11 ގައި ކަމަށާއި ހަނދުކޭތަ ވީއްލާނީ ރާއްޖެ ގަޑިން މެންދަމު އަލިވެ 01:55 ހާއިރު ކަމަށެވެ.

ވުޒާތާއިން ރަށްތަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ މާދަމާ ރޭ 11:12 ގައި ކޭތަ ނަމާދު ކުރުމަށެވެ. ނަމާދު އޮންނާނީ ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގަ އެވެ.

"ވީމާ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި 2025 ސެޕްޓެމްބަރު 7 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 11:12 ގައި ކޭތަނަމާދު ކުރެވޭނެ އިންތިޒާމު ތިޔަ ކައުންސިލްގެ އިދާރާއިން ހަމަޖައްސައިދެއްވުން އެދެމެވެ." މިނިސްޓްރީން ފޮނުވި ސާކިއުލާގައިވެ އެވެ.

މާދަމާ ރޭގެ ހިފާ ރާއްޖެއަށް ފުރިހަމައަށް ފެންނާނެ އެވެ. ދެން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނެ ކަމަށް ލަފާކޮށްފައިވަނީ 2028 ވަނަ އަހަރު އެވެ.

ކޮމެންޓް
ފަހުގެ
HDC