logoEN
Sto top
ތައިލެންޑުގެ އައު ބޮޑުވަޒީރަކަށް އަނޫޓިން ޗާންވިރަކުލް!

ތައިލެންޑުގެ އައު ބޮޑުވަޒީރަކަށް އަނޫޓިން ޗާންވިރަކުލް!

އަހުމަދު ޝުރާއު

logo

9/5/2025, 9:25:08 AM

# ތައިލެންޑު

-

ތައިލެންޑުގެ ބޮޑުވަޒީރުކަމަށް އިދިކޮޅު ބޫމްޖައިތައީ ޕާޓީގެ ލީޑަރު އަނޫޓިން ޗަރަންވިރަކުލް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިންތިހާބުކޮށްފި އެވެ.

Wamco

ތައިލެންޑުގެ ސަރުކާރު ހިންގުމަށް ބޮޑުވަޒީރަކު މިއަދު ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުން އިންތިހާބުކޮށްފައިމިވަނީ އެމަގާމުގައި ހުންނެވި ފީއު ތައި ޕާޓީގެ ޕެޓޮންގްޓާން ޝިނަވަތުރާ، މިދިޔަ މަހު އެގައުމުގެ ދުސްތޫރީ ކޯޓަކުން އެތިކްސްގެ މައްސަލައަކާ ގުޅިގެން މަގާމުން ދުރުކުރުމާއި ގުޅިގެންނެވެ.

މަޖިލީހުގައި ނެގި ވޯޓު އަނުޓިން ކާމިޔާބު ކުރެއްވީ ލިބަރަލް ޕީޕަލްސް ޕާޓީގެ ތާއީދާއެކު ފީއު ތައި ޕާޓީ ތަމްސީލު ކުރެއްވި ޗައިކަސެމް ނިޓިސިރީއާ ވާދަކޮށެވެ. ލިބަރަލް ޕީޕަލްސް ޕާޓީ އަކީ އެގައުމުގެ ގާނުނު ހަދާ މަޖިލީހުގައި ތިބި އިދިކޮޅު މެމްބަރުންގެ ތެރެއިން އެންމެ ގިނަ މެމްބަރުން ތިއްބެވި ޕާޓީއެވެ.

500 ގޮނޑި ހިމެނޭ ޕާލަމެންޓުގައި މެޖޯރިޓީ އަނޫޓިން އަށް ލިބިފައިމިވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި އާންމު އިންތިހާބެއް ބޭއްވުމަށް އަނޫޓިން ވެފައިވާ ވައުދާއިއެކުގައި ކަމަށް ތައިލެންޑުގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ވޯޓު ގުނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މިހާތަނަށް 247 އަށް ވުރެ ގިނަ ވޯޓު އަނޫޓިންއަށް ލިބިވަޑައިގެންނެވިކަން ކަށަވަރުވެފައިވާއިރު، އެއީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އެކްޓިވް 492 މެންބަރުންގެ ތެރެއިން އިންތިހާބުކުރަން ބޭނުންވާ އަޣުލަބިއްޔަތެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC