logoEN
Sto top
މާދަމާ ސަރުކާރު ބަންދަސް  މާލެ ސަރަހައްދުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ!

މާދަމާ ސަރުކާރު ބަންދަސް މާލެ ސަރަހައްދުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ!

އަހުމަދު ޝުރާއު

logo

9/3/2025, 11:04:02 AM

# މޯލްޑިވްސް އިމިގްރޭޝަން

-

މާދަމާއަކީ ސަރުކާރު ބަންދު ދުވަހަކަށް ވީނަމަވެސް، މާލެ ސަރަހައްދުގެ އިމިގްރޭޝަން އޮފީސްތަކުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ.

Wamco

މާދަމާއަކީ ކީރިތި ރަސޫލާގެ ޢީދު މީލާދީ ދުވަސް ކަމަށްވުމާއެކު ސަރުކާރު ބަންދު ދުވަހެކެވެ.

އެހެންނަމަވެސް އިމިގްރޭޝަނުން ވިދާޅުވީ އިމުގަ ޕޯޓަލް މެދުވެރިކޮށް ފާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 24 ގަޑި އިރު އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅުމާއި 65 އަހަރުން މަތީގެ ފަރާތްތަކަށް އަދި އެމަޖެންސީ ހާލަތްތަކުގައިވެސް ހެނދުނު 08:30 އިން 14:00އަށް ޚިދުމަތް ލިބިގެންދާނެއެވެ.

ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން 14:00އަށް ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އަދި މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަން އޮފީސްތަކުން ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރު ނެގޭނެއެވެ.

މެޑިކަލް އެމަޖެންސީ ހާލަތްތަކުގަ 9555333 ފޯނު ނަންބަރަށް ގުޅައިގެންވެސް ޕާސްޕޯޓުގެ ޚިދުމަތް މާދަމާ ދިނުމަށް އިމިްގރޭޝަނުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް މި ޚިދުމަތް ލިބޭނީ މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ އޮފީސްތަކުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC