logoEN
Sto top
އުރީދޫ އެޕްގެ ޑިޖިޓަލް މަސް ރޭހުގައި ބައިވެރިވެގެން ހައި ފިޝިން ޓެކްލްސް ގެ ހާއްސަ އިނާމުތަކެއް!

އުރީދޫ އެޕްގެ ޑިޖިޓަލް މަސް ރޭހުގައި ބައިވެރިވެގެން ހައި ފިޝިން ޓެކްލްސް ގެ ހާއްސަ އިނާމުތަކެއް!

އަހުމަދު ޝުރާއު

logo

9/2/2025, 2:30:40 AM

# އުރީދޫ މޯލްޑިވްސް

-

މި އަހަރުގެ މަސް ރޭހަށް މުޅިން އަލަށް އުރީދޫ އެޕްގައި މަސް ރޭސް ޑިޖިޓަލް ގޭމް ތައާރަފްކޮށް، ރާއްޖޭގެ މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް މުބާރާތުގެ އިތުރު ގޮތަކަށް ބައިވެރިވެވޭނެ މަގު ފަހިކޮށްދީފިއެވެ.

Wamco

މިއަހަރުގެ އުރީދޫ މަސް ރޭހާއެކު ތައާރަފްކުރި މި ގޭމް 3 ސެޕްޓެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 އާ ހަމައަށް ލައިވްކޮށް ކޮންމެ ވަގުތެއްގައި ވެސް، ކޮންމެ ތަނެއްގައި ވެސް ކުޅެވޭނެއެވެ.

އުރީދޫ މަސް ރޭސް 2025 ގައި ވާދަކުރާ ހަގީގީ ޓީމުތަކުގެ ނަންތައް ހިމެނިފައިވާ މަސް ރޭހުގެ އޮންލައިން ވާޝަނާ އެކު ކޮންމެ ފަރާތަކަށްވެސް ޓީމެއް އިޚްތިޔާރުކޮށް، މަސް ހިފުމަށް ޓެޕްކޮށް،ޕޮއިންޓް އެއްކޮށްގެން ލީޑަރބޯޑުގައި ކުރިއަށް ދިޔުމުގެ ފުރުސަތު ލިބިގެންދެއެވެ. ޑިޖިޓަލީ ބާނާ ކޮންމެ މަހަކަށް އެއް ޕޮއިންޓް ލިބޭއިރު، މުބާރާތުގެ މުއްދަތުގެ ތެރޭގައި ވެސް ކުޅުންތެރިންނަށް ލީޑަރބޯޑުގެ ކުރިއަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ފިޝިން ޓެކްލް ފިހާރަ، ހައި ފިޝިން ޓެކްލްސްގެ ގެ ފަރާތުން މި ގޭމުގެ އެއްވަނަ، 2 ވަނަ އަދި 3 ވަނައަށޤދާ ފަރާތްތަކަށޤ ވަނީ ޕްރިމިއަމް ފިޝިން ގިއާ އިނާމުގެ ގޮތުގައި ހުށައަޅާފައެވެ.

• 1 ވަނަ : ޑައިވާ ސަލްޓިގާ 2025 ރީލް

• 2 ވަނަ އަދި 3 ވަނަ: ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާ (އެޗް/ޑީ) ރޮޑްސް.

އުރީދޫ އެޕް މެދުވެރިކޮށް ޑިޖިޓަލް މަސްރޭހުގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ހުރިހާ އެންމެންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ އަޅުގަނޑުމެންގެ ސަގާފަތާއި އާދަކާދަތަކާއި މަސްވެރިކަމަށް އޮތް ޝައުގުވެރިކަން ޑިޖިޓަލް ތަޖުރިބާއެއްގެ ސިފައިގާ ފޯރުކޮށްދިނުމަށް ކުރާ މަސައްމަސައްކަތުގެ ތެރެއިން ކަމެކެވެ.

ރާއްޖޭގައި މަސްވެރިކަމުގެ އާލާތްތައް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން ހައި ފިޝިން ޓެކަލްސް އިން ބައިނަލްއަގުވާމީ ފެންވަރުގައި ބްރޭންޑްތައް ކަމަށްވާ ޑައިވާ، ޕެން، އަބޫ ގާސިއާ، ޔޯ-ޒޫރީ، ޒެނަކް، ޖިގިން މާސްޓާ، އޮކުމާ އަދި ޕަޔޯނިއާ ފަދަ ބްރޭންޑްތަކުގެ ފެންވަރު ރަނގަޅު ގިޔަރުތައް އަބަދުވެސް ފޯރުކޮށްދެ އެވެ.

ހައި ފިޝިންގ ގެ ޕްރައިވެޓް ލޭބަލް، ރަންކަރު އަކީ ދިވެހި މަސްވެރިންގެ މެދުގައި އިތުބާރު ކުރެވޭ ޗޮއިސްއެއްގެ ގޮތުގައި ހަލުވިކަމާއެކު މަޝްހޫރުކަން ހޯދާފައިވާ އިރު، ކުރިއަށް އޮތް ރަންކަރު އީ-ކެޓަލޮގްގައި މަސްވެރިކަމަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް ވެސް ފުޅާ ދާއިރާއެއްގައި އުފެއްދުންތައް ފެނިގެންދާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC